Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 00:21
ފާރިސް މައުމޫން. މީގެ ކުރިން ވެސް ފުލުހުންގެ އިދާރާ އާށް ހާޒިރުކޮށް ސުވާލުކޮށްފައި ވޭ
ފާރިސް މައުމޫން. މީގެ ކުރިން ވެސް ފުލުހުންގެ އިދާރާ އާށް ހާޒިރުކޮށް ސުވާލުކޮށްފައި ވޭ
ރާއްޖެއެމްވީ
ފާރިސް ފުލުހަށް
ފާރިސް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
ފާރިސް ފުލުހަށް ހާޒިރު ކުރާ ސަބަބެއް ސާފެއް ނުވޭ

ޕީޕީއެމް އަށް ނިސްބަތްވާ ދިއްގަރު ދާއުރާގެ މެމްބަރު ފާރިސް މައުމޫން އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

އެގޮތުން ފާރިސް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައި ވަނީ މިރޭ 8:30 އަށެވެ. ނަމަވެސް ފާރިސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޮން ސަބަބަކާ ކަމެއް ސާފެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ފާރިސް ފުލުހަށް ހާޒިރުކުރަނީ ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެ ބަޖެޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކޮށްފައިވާ މައްސަލަތަކެއްގައި ސުވާލުކުރުމަށެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް ފާރިސްއާ ޗިޓް ވެސް ވަނީ ހަވާލުކޮށްފައެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ފާރިސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ. އެ ގޮތުން ފާރިސް މައުމޫން ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުކުރީ ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރަން ކަމަށް ފުލުހުން ބުންޏެއެވެ.

ރާއްޖެއެމްވީ ސުވާލުކުރުމުން ފުލުހުން ބުނީ އެ އިދައިރާއިން ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މީހުން ހާޒިރުކުރާ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ފާރިސް ފުލުހަށް ހާޒިރުކޮށް ކުރި އެއްވެސް ސުވާލަކަށް ފާރިސް ޖަވާބުދާރީވެފައެއް ނުވެއެވެ. އަދި ސުވާލަކަށް ޖަވާބު ދެއްވަނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައި ކަމަށް ފާރިސް ވިދާޅުވިކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް