ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 08:03
މަގާމުން ވަކިކޮށްފައިވާ ލެފްޓިނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަން
މަގާމުން ވަކިކޮށްފައިވާ ލެފްޓިނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަން
އަލްޖަޒީރާ
އެމެރިކާ
ޓްރަމްޕާ ދެކޮޅަށް ހެކި ބަސް ދެމީހުން ވަޒީފާއިން ވަކިކޮށްފި
 
ދެން ވަކިކޮށްފައި ވަނީ ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުރި އެމެރިކާގެ ސަފީރު ގޯޑަން ސޮންޑްލޭންޑެ
 
މަގާމުން ފުރަތަމަ ދުކޮށްފައި ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ޔޫކްރޭނާ ބެހޭ ޚާއްސަ މުޝީރު ލެފްޓިނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެރިކަމުން އަޒުލުކުރުމުގެ ތަހުގީގުގައި ކޮންގްރެސްގެ ދަށުގޭގައި ޓްރަމްޕާ ދެކޮޅަށް ހެކި ބަސް ދެއްވި ވައިޓް ހައުސްގެ ސީނިއަރ ދެ އޮފިޝަލުން މަގާމުން ދުރުކޮށްފި އެވެ.

ވައިޓް ހައުސްގެ ސީނިއަރ ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައި ވަނީ އިމްޕީޗްމަންޓް ޝަރީއަތަށް ފަހު ޓްރަމްޕް ކުށްވެރިވޭތޯ ބެލުމަށް ސެނެޓުގައި ނެގި ވޯޓުން ސަލާމަތްވެ ވަޑައިގެންނެވިތާ ދެ ދުވަސް ފަހުންނެވެ.

މަގާމުން ފުރަތަމަ ދުރުކޮށްފައި ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި ހިމެނޭ ޔޫކްރޭނާ ބެހޭ ޚާއްސަ މުޝީރު ލެފްޓިނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަން އެވެ. އޭގެ ގަޑިއިރުތަކެއް ފަހުން ދެން ވަކިކޮށްފައި ވަނީ ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުރި އެމެރިކާގެ ސަފީރު ގޯޑަން ސޮންޑްލޭންޑެވެ.

އެމެރިކާގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މަގާމުން ވަކިކޮށްފައިވާ ލެފްޓިނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަންގެ އެއްމާބަނޑު ކޮއްކޮ ޔެވްގެނީވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އޭނާއަކީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

ވިންޑްމަންއަކީ އިރާގުގައި އެމެރިކާއިން ކުރިޔަށްގެންދާ ހަނގުރާމައިގައި ޒަޚަމްވެފައިވާ އޮފިސަރެކެވެ. އެހެންކަމުން ގިނަ ބަޔަކު އަންނަނީ މިކަމާ ގުޅިގެން، ޓްރަމްޕަށް ފާޑުކިޔަމުންނެވެ. ވިންޑްމަން އޭނާގެ ބަޔާން ކޮންގްރެސްއަށް ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އެވެ. އޭނާ ބަޔާން ދެއްވާފައިވަނީ ޓްރަމްޕް ޔޫކްރެއިން ގެ ރައީސަށް ފޯނުން ގުޅުއްވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންގެ ދަރިއެއްގެ މައްސަލައެއް ތަހުޤީޤުކުރެއްވުމަށް އެދިވަޑައިގެންނެވި މައްސަލައާއި ގުޅޭގޮތުންނެވެ.

ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މިތަހުޤީޤުގެ ތެރޭގައި ޓްރަމްޕާ ދެކޮޅަށް ހެކިބަސްދިން ފަރާތްތަކުގެ ކިބައިން ބަދަލުހިތްޕެވުމުގެ މަސައްކަތް ޓްރަމްޕް މިހާރު މިވަނީ ފަށާފައިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް