ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 07:28
ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާ ބައެއް
ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާ ބައެއް
ޗެނަލް ނިއުސް އޭޝިއާ
ނޮވެލް ކޮރޮނާވައިރަސް
ކޯރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި
 
މިވަގުތުވެސް އެވައިރަސް އަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް

ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަހަށް އެންމެ އަވަހަށްވެސް ވެކްސިންއެއް ތައްޔާރުކުރެވޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރަށް ކަމަށް އެ ވައިރަހަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާ ސައިންޓިސްޓަކު ބުނެފިއެވެ.

ކޮރޮނާވައިރަހަށް ފަރުވާހޯދުމަށް މަސައްކަތްކުރަމުންދާ ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ "މިއުކޯސަލް އިންފެކްޝަން އެންޑް އިމިއުނިޓީ"ގައި އިސްކޮށް އުޅުއްވާ ރޮބިން ޝެޓޮކް އާއި ޙަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން މިވަގުތުވެސް އެވައިރަހަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

އަދި އޭނާ ވިދާޅުވީ ވައިރަހަށް ވެކްސިންއެއް އެންމެ އަވަހަށްވެސް ތައްޔާރުކުރެވޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރު ކަމަށެވެ. އެކަމަށް މާގިނަ ދުވަސް ނަގާ ކަމަށް އެއްބަޔަކު ދެކުނުކަމުގައިވީނަމަވެސް، އެއީ ކުރިން އަންދާޒާ ކުރެވުނު މުއްދަތާއި އަޅާ ބަލާއިރު ކުޑަ މުއްދަތެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޝެޓޮކް ވިދާޅުވިގޮތުގައި މި ބަލިން ރައްކާތެރިވުމުގެ ގޮޔުން އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ޢާންމު ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
12%
0%
71%
18%
0%
0%
ކޮމެންޓް