ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 07:33
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ
އޭޕީ
ނޮވެލް ކޮރޯނާވައިރަސް
ކޮރޯނާވައިރަސް ފެނިފައިވާ ގައުމުތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެނީ
 
100 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވޭ

ކޮރޯނާވައިރަސް ފެނިފައިވާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ނިންމައިފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުގައި އެމެރިކާއިން ނިންމާފައިވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ޗައިނާގެ އިތުރުން އެ ވައިރަސް ފެނިފައިވާ އިތުރު ޤައުމުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެގޮތުން 100 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ހާމަކުރައްވާފައިވަނީ ހުކުރު ދުވަހުއެވެ. ޕޮމްޕެއޯ ވިދާޅުވި ގޮތުގައި އެ 100 މިލިއަން ޑޮލަރަކީ އެޤައުމުގެ ޕްރައިވެޓް ސެކްޓަރ އިން ހަދިޔާކޮށްފައިވާ ފައިސާއެވެ. އެގޮތުން އެނާ ވިދާޅުވީ މި ފައިސާގެ އެހީއަކީ މިހާރު ހުރި ފަންޑުތަކާއި އެކި ޖަމިއްޔާތަކުގެ ފަރާތުން ހަދިޔާކޮށްފައިވާ އެހީއެއްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް