ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 00:49
އެމްއެންޑީއެފް ކޯސްޓްގާރޑުގެ އުޅަނދެއް
އެމްއެންޑީއެފް ކޯސްޓްގާރޑުގެ އުޅަނދެއް
އެމްއެންޑީއެފް
އެމްއެންޑީއެފް
4 ދިވެހިންނާއެކު ދަތުރުކުރި ލޯންޗެއް ގެއްލިގެން ހޯދަނީ
ހާދިސާގެ ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ 22:33 ހާއިރު
ލޯންޗު ފުރައިގެން ދިޔައީ ގދ ފިޔޯރީން ކަމަށް މައުލޫމާތު ލިބޭ
ލޯންޗު ދަތުރު ކުރަމުން ދިޔައީ އައްޑޫއަށް

އައްޑޫއަށް ދިއުމަށްޓަކައި 4 ދިވެހިންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 22:33 ހާއިރު ކަމަށާއި، ލޯންޗު ފުރައިގެން ދިޔައީ ގދ ފިޔޯރީން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެގޮތުން "މިހޯ ޕެލެސް" ނަމަކަށް ކިޔާ މި ލޯންޗު ފުރި ފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަރން އޭރިއާ ކޯސްޓް ގާރޑުން މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށްވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އޭގެއިތުރުން، ބުރާސްފަތި ދުވަހުގެ ރޭ 12:05 ހާއިރު ލޯންޗަށް ގުޅުނު ކަމަށާއި، ނަމަވެސް ގުޅިފައި ފޯނު ރޭންޖް ކެނޑިފައިވާ ކަމަށެވެ. އަދި ފޯނުން ކީ އެއްޗެއް ސާފު ނުވާކަމަށްވެސް ބުނެފައިވެއެވެ.

ލޯންޗު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

- ކޮމެންޓް