Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 18:08
މިސްރު ސަރުކާރުން ދޭ ސްކޮލަޝިޕް ފުރުސަތުތަކަށް އެދުމަށް ވަނީ ހުޅުވާލާފައި
މިސްރު ސަރުކާރުން ދޭ ސްކޮލަޝިޕް ފުރުސަތުތަކަށް އެދުމަށް ވަނީ ހުޅުވާލާފައި
ގެޒެޓް
މިސްރު ސްކޮލަރޝިޕް
މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި
ސުންގަޑިއަކީ 03 އޭޕްރީލް ވާ ހޯމަ ދުވަހުގެ މެންދުރު 1:30

މިސްރު ސަރުކާރުން ރާއްޖެއަށް ދީފައިވާ ސްކޮލަޝިޕްގެ 12 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

 

ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސައިންޓިފިކް ސްޓަޑީސް އާއި ޤުރުއާން އެންޑް އަރަބިކް ލޭންގުއޭޖްގެ ބެޗެލާރސް ޑިގްރީގެ ޖުމްލަ 12 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.

 

ގެޒެޓްގައިވާ ގޮތުން ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 03 އޭޕްރީލް ވާ ހޯމަ ދުވަހުގެ މެންދުރު 1:30 ކުރިއެވެ.

 

އެޕްލިކޭޝަންތައް ވެލާނާގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރަށް ހުށައެޅުމަށް އިއުލާނުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް