ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 07:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ބީބީސީ
ޓްރަންޕް
ޓްރަމްޕް އަޒުލުކުރަން ނުފެންނަކަމަށް ސެނެޓުން ފާސްކޮށްފި
 
ރިޕަބްލިކަނުންގެ ތެރެއިން ޓްރަމްޕް ވަކިކުރަން ވޯޓު ދެއްވީ އެންމެ މެމްބަރެއް
 
ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މެންބަރުން ޓްރަމްޕާ ދެކޮޅަށް ވޯޓު ދެއްވި
 
ޓްރަމްޕުގެ ވެރިކަމުން ދުރުކުރުމަށް ދެ މައްސަލައެއް ހުށަހެޅި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސްކަމުން އަޒުލުކުރަން ނުފެންނަކަމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުން ފާސްކޮށްފިއެވެ.

ޑިމޮކްރަޓުން ކޮންޓްރޯލް ކުރާ ޔޫއެސް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ޓްރަމްޕް ވެރިކަމުން ޣަޒުލުކުރުމަށް ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު އެވެ.

ޓްރަމްޕުގެ މައްޗަށް ވެރިކަމުން ދުރުކުރުމަށް ހުށަހެޅީ ދެ މައްސަލައެކެވެ. އެއީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައަކާއި، ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ މައްސަލައެކެވެ. ޓްރަމްޕް ވަނީ ޔޫކްރެއިން ގެ ރައީސަށް ފޯނުން ގުޅުއްވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންގެ ދަރިއެއްގެ މައްސަލައެއް ތަހުޤީޤުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މިމައްސަލަ ބެލުމަށް ޔޫކްރޭނަށް ޕްރެޝަރ ކުރުމުގެ ގޮތުން ޓްރަމްޕުވަނީ ޔޫކްރެއިނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ 400 މިލިއަން ޔޫއެސް ޑޮލަރުގެ އަސްކަރީ އެހީވެސް ހިފަހައްޓާފަ އެވެ.

ވަކިވަކިން ނެގި މިވޯޓުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިވާކަމުގެ ތުހުމަތާ ގުޅޭ ގޮތުން ޓްރަންޕާ ދެކޮޅަށް ލިބުނީ 48 ވޯޓެވެ. އަދި އެއްކޮޅަށް 52 ވޯޓެވެ. އަދި ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ތުހުމަތާ ގުޅޭގޮތުން ނެގި ވޯޓު ޓްރަމްޕްއާ ދެކޮޅަށް 47 އެއްވޯޓު ލިބިފައިވާއިރު، އެއްކޮޅަށް 53 ވޯޓު ލިބިފައިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މެންބަރުން ޓްރަމްޕްއާ ދެކޮޅަށް ވޯޓު ދެއްވާފައިވާއިރު، ރިޕަބްލިކަނުންގެ ތެރެއިން ޓްރަމްޕް މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ އެންމެ މެމްބަރެކެވެ. ޓްރަމްޕް މަގާމުގައި ބަހައްޓަން ނުފެންނަކަމަށް ވޯޓު ދެއްވީ، 2012 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޓިކެޓުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި މިޓް ރޮމްނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
67%
0%
0%
ކޮމެންޓް