Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 16:33
އިނގިރޭސި ވިލާތުގައި ދިން ހަމަލާއަކީ ޓެރެރިސްޓް ހަމަލާއެއްކަމަށް ވަނީ ކަނޑައަޅާފައި
އިނގިރޭސި ވިލާތުގައި ދިން ހަމަލާއަކީ ޓެރެރިސްޓް ހަމަލާއެއްކަމަށް ވަނީ ކަނޑައަޅާފައި
ގޫގުލް
ހަމްދަރުދީގެ މެސެޖެއް
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް
ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ
މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން

އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓަރގައި ބުދަދުވަހު ދިން ހަމަލާއެއްގައި ބަޔަކު މަރުވެ އަދި އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އެޤައުމުގެ ބޮޑުވަޒީރު ޓެރީސާ މޭއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

 

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވަނީ، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ކުށެއްނެތް ރައްޔިތުންތަކަކާ ދެކޮޅަށް ހިންގާ މިފަދަ ޓެރަރިޒަމްގެ ފިނޑި ޢަމަލުތައް، ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި ވިދާޅުވެފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި އިނގިރޭސިވިލާތާއި، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

 

އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީ ރައްދުކޮށްދެއްވުމަށާއި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް  ވަނީ އެދިވަޑައިގެންފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް