Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 19:05
ހުޅުމާލެގެ ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ ސޯލާރ ޕީވީގެ ނިޒާމު
ހުޅުމާލެގެ ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ ސޯލާރ ޕީވީގެ ނިޒާމު
އެންވަރަންމަންޓް މިނިސްޓްރީ
އިޔާދަކުރަނިވި ހަކަތަ
އަވިން ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއަށް ބީލަން ހުށައަޅަން ހުޅުވާލައިފި
ސޯލާރ ޕީވީ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރާއްޖޭގެ 6 ރަށެއްގައި
ބީލަން ހުށަހެޅުމަށް ހުޅުވާލީ މިރަށްތަކުގެ ކައުންސިލާއި ކަމާއި ބެހޭ އިދާރާތަކާއިއެކު މަޝްވަރާކުރުމަށްފަހު
ތެލަށް ކުރަންޖެހޭ ޚަރަދުން އަހަރެއްގެ 70 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ

އަވިން ކަރަންޓް އުފެއްދުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި މިހާތަނަށް ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫޢުއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ވާރލްޑް ބޭންކާއި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ގުޅިގެން ހިންގުމަށް ނިންމާފައިވާ އެކްސެލެޓިންގް ރިނިއުވަބަލް އެނަރޖީ އިންޓްގްރޭޝަން އެންޑް ސަސްޓެއިނަބަލް އޭނާރޖީ (އެރައިސް) ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ފުރަތަމަ މަޝްރޫއެވެ.

މިމަޝްރޫއުގައި ސޯލާރ ޕީވީ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރާއްޖޭގެ 6 ރަށެއްގައެވެ. އެރަށްތަކަކީ އައްޑު ސިޓީ (ހިތަދޫ، ހުޅުދޫ މީދޫ، ފޭދޫ އަދި މަރަދޫ), ފުވައްމުލައް ސިޓީ, ހދ. ކުޅުދުއްފުށި އަދި ޅ. ހިންނަވަރުގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިހަރަށުގައި ގާއިމުކުރެވޭ ސޯލާ ނިޒާމުތަކުން އެ ރަށްތަކުގެ ޕީކް ޑިމާންޑްގެ (ދުވާލު ގަޑީގައި އެންމެ ގިނައިން ކަރަންޓް) ބޭނުންކުރާ އަދަދުގެ 70 އިންސައްތައަށް ވުރެން މައްޗަށް އަވިން ކަރަންޓު އުފެއްދޭނެއެވެ.

Advertisement

މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައި މިވަނީ މިރަށްތަކުގެ ކައުންސިލާއި އަދި ކަމާއި ބެހޭ އިދާރާތަކާއިއެކު މަޝްވަރާކޮށް ސޯލާ ޕީވީ ސިސްޓަމްތައް ގާއިމްކުރާނެ ސަރަހައްދުތައް ކަށަވަރު ކުރުމަށްފަހު ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިކަމަށް ބޭނުންވާގިނަ ސަރވޭތައް ކުރެވި ކަރަންޓުގެ ނިޒާމާއި ގުޅޭ ޓެކްނިކަލް މައުލޫމާތުތައް އެއްކޮށް، މިހާރު ވަނީ ދިރާސާ ކުރެވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ރާއްޖޭގެ 6 ރަށެއްގައި ސޯލާރ ޕީވީ ސިސްޓަމްތައް ޤާއިމްކޮށްގެން އެކަނިވެސް ދައުލަތުންތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވެއެވެ.

އެގޮތުން މި މަޝްރޫއުގައި ސޯލަރ ޕީވީ ސިސްޓަމް ގާއިމްކޮށްގެން، ދައުލަތުން ތެލަށް ކުރަންޖެހޭ ޚަރަދުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 4.5 މިލިއަން ޔޫއެސް ޑޮލަރ (70މިލިއަން ރުފިޔާ) ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ވައުދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް