Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 17:04
ޔޫތް މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަނުކުރެއްވި މުޙައްމަދު ނާޞިޙް ރަޝީދު
ޔޫތް މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަނުކުރެއްވި މުޙައްމަދު ނާޞިޙް ރަޝީދު
ގޫގުލް
ޔޫތް މިނިސްޓްރީ
ޔޫތް މިނިސްޓްރީގެ ނައިބަކަށް ގދ. އަތޮޅު ކައުންސިލްގެ ރައީސް ނާސިހް ހަމަޖައްސައިފި
ނާޞިޙް ރަޝީދު މީގެ ކުރިން ހުންނެވީ ހުވަދުއަތޮލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމުގަ
މުޙައްމަދު ނާޞިޙް ރަޝީދު ކުރިން ވަނީ އެ ކައުންސިލުގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފަ
ޔޫތް މިނިސްޓްރީގެ ނައިބަކަށް ނާސިހު އައްޔަނުކުރައްވާފައިވަނީ އަންގާރަ ދުވަހުގައި

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް، ގދ. ތިނަދޫ، ޑެން، މުޙައްމަދު ނާޞިޙް ރަޝީދު އަންގާރަ ދުވަހު ޢައްޔަނު ކުރައްވައިފައިވާއިރު މުޙައްމަދު ނާޞިޙް ރަޝީދު މީގެ ކުރިން ހުންނެވީ ހުވަދުއަތޮލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމުގައެވެ. މުޙައްމަދު ނާޞިޙް ރަޝީދު ކުރިން ވަނީ އެ ކައުންސިލުގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

Advertisement

މުޙައްމަދު ނާޞިޙް ރަޝީދަކީ ބެޗެލަރ އޮފް ޝަރިޢާ އެންޑް ލޯ އަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނާޞިޙް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއްވެސް ފުރިހަމަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް