ކ. މާލެ
|
24 މާރޗް 2017 | ހުކުރު 09:07
އާރތް އަވަރ ފާހަގަކުރުމަށް 2016 ގައި ބޭއްވި ހަރަކާތުގެ ތެރެއިން
އާރތް އަވަރ ފާހަގަކުރުމަށް 2016 ގައި ބޭއްވި ހަރަކާތުގެ ތެރެއިން
ގޫގުލް
އާރތް އަވަރ
އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު
ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން 9:30 އަށް

ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޅި ދުނިޔޭގައި "އާރތް އަވަރ" ހޮނިހިރު ދުވަހު ފާހަގަކުރަން ނިންމައިފި އެވެ.

 

ވޯލްޑް ވައިލްޑް ފަންޑް (WWF) އިން 2007 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ކެމްޕެއިންގައި 2009 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ އަންނަނީ ބައިވެރި ވަމުންނެވެ.

 

މިގޮތުން، މިއަހަރުގެ "އާރތް އަވަރ" ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 25 މާރޗް 2017 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން 9:30 އަށެވެ.

 

ދުނިޔެއަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަން ރަމްޒުކޮށްދޭ 1 ގަޑިއިރުގެ މި ހަރަކާތުގައި ފަރުދީ ހައިސިއްޔުންނާއި އިޖްތިމާޢީ އަދި ވިޔަފާރި ކުންފުނިތަކުން ކުރެވިދާނެ ކަންކަން ވިސްނަވާ ހަކަތަ ސަމަކާރަ ކުރުމާއި ހަކަތަ އިސްރާފުވުން ކުޑަ ކުރެވޭނެ ގޮތްގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް ޢަޒުމު ކަނޑަ އެޅުމަކީ މި ފަދަ ހަރަކާތެއްގެ އެންމެ މުހިއްމު އެއް މަޤުޞަދެވެ. 

 

އެހެންކަމުން "އާރތް އަވަރ" ގައި ބައިވެރި ވުމުގެ ގޮތުން ކަނޑައެޅިފައިވާ ވަގުތުގައި ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމުގައި އެންމެހާ ފަރާތްތަކެއްގެ ބައިވެރިވުން ދެއްވާ މި ހަރަކާތް ފާހަގަ ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް