Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 16:15
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ފަޒީން
ޓްރާންސްޕޭރެންސީ
ދިވެހި ދައުލަތް މިހާތަނަށް ހިނގަމުންއައީ ވަރަށް އަނދިރިކޮށް: އައިމަން
ދިވެހި ދައުލަތުގެ ތެރެއިން ގިނަ ހިޔާނާތްތަކާއި ކޮރަޕްޝަން ހިންގާފައިވޭ
މައުލޫމާތު ހޯދުމަށް އެދުން ވަރަށް މުހިއްމު
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދޭ

މިހާތަނަށް ދިވެހި ދައުލަތް ހިނގަމުންއައީ ވަރަށް އަނދިރިކޮށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އަދި ކޮމިއުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

Advertisement

އައިމަން މިހެން ވިދާޅުވީ، މައުލޫމާތު ހޯދައިލިބިގަތުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފިހާއެކު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްވެވި، އެ އެއްބަސްވުމުގައި ސޮއިކުރުމަށް އިންފޮމޭޝަން ކޮމިޝަނުރުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އައިމަން ވިދާޅުވީ، މައުލޫމާތު ހޯދައިލިބިގަތުގެ ދާއިރާއިން މިހާރު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ހާމަކަން ބޮޑު ދައުލަތެއް އުފެއްދުމުގެ ޒިންމާ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އިތުރުން ނޫސްވެރިންގެ ޒިންމާވެސް ވަރަށް ބޮޑު ކަމަށެވެ.

"ދިވެހި ދައުލަތް މިހާތަނަށް ހިންގަމުންމިއައީ ވަރަށް ބޮޑަށް އަނދިރިކޮށް. ހަމަ ދިވެހި ދައުލަތުގެ ތެރޭގައި ހިނގާކަންކަމަކީ ރައްޔިތުންނަށް އެނގޭ ކަންކަމެއް ނޫން. އެކަމުގެ މައުލޫމާތު ހޯދަން އުޅުމަކީވެސް ވަރަށް އުނދަގޫކަމެއް. އަދި ހޯދަން އުޅޭ މީހާއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއްވެސް ކުރިމަތިވެ،"
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އަދި ކޮމިއުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް

އައިމަން ވިދާޅުވީ މީގެކުރިން ދައުލަތުގެ އިދާރާއެއްގެ މައުލޫމާތު ހޯދުމަށް އުޅުމަކީ ވެސް ބިރުވެރިކަމެއްކަމަށާއި އެކަން އެންބޮޑަށް ތަޖުރިބާ ކޮށްފައި ތިބޭނީވެސް ނޫސްވެރިން ކަމަށް އައިމަން ވިދާޅުވި އެވެ.

"އަދި ބައެއްފަަހަރު ބިރުދެއްކުމުގެ ހާލަތްތައްވެސް އެތައް ފަހަރަކު ދިމަވެފައިވެސް އެބަހުރި. އަދި މިކަން އެންމެބޮޑަށް ތަޖުރިބާ ކޮށްފައިތިބޭނީ ނޫސްވެރިން ދިވެހިރާއްޖޭގައި. އެހެންވީމާ ނޫސްވެރިންނާއި އާންމު ފަރުދުންވެސް ދައުލަތުން މައުލޫމާތު ހޯދުމަށް އެދޭހިނދު، އެމައުލޫމާތު ނުލިބިއްޖެކަމަށްވަންޏާމު ގާނޫނުގައި އެބައޮތް ހައްލެއް. ފަރުވާއެއް އެބައޮތް. ހުޅުވާލެވިގެން ބޭއްވޭ އަޑުއެހުމެއް ބޭއްވުން. އެއަޑުއެހުމުގެ ތެރެއިން ދައުލަތުން އެބަޖެހޭ އެމައުލޫމާތު ނުދިނީ ރައްޔިތުންގެ މަސްލަހަތުގައިކަން ކަށަވަރުކޮށް ދޭން. އެކަން ނުކުރެވޭ ކަމަށްވަންޏާމު އިންފޮމޭޝަން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ފިޔަވަޅުވެސް އެބައެޅޭ،"
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އަދި ކޮމިއުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް

އައިމަން ވިދާޅުވީ އުންދުކުރަނީ ހުޅުވާލެވިފައިވާ ސަގާފަތެއް ގާއިމު ކުރުމަށްޓަކައި ދިވެހިރާއްޖޭގައި އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ ހުޅުވާލެވިގެން އެ އަޑުއެހުންތައް ބޭއްވުން ކަމަށެވެ.

އައިމަން ވިދާޅުވީ ދައުލަތުގެ ފަރާތުން އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ހޯދަން އެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް، ފޯނުން ގުޅައިގެން ހޯދާ މައުލޫމާތަށްވުރެ، ލިޔުމުން ހޯދަން އެދޭ މައުލޫމާތު ވަރަށް ތަފާތުވާނެ ކަމަށްވެސް އައިމަން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް