Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 13:00
މަގާމުން ވަކިކޮށްފައިވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު
މަގާމުން ވަކިކޮށްފައިވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު
ރާއްޖެ އެމްވީ
ކުރީގެ ސީޕީ މުނާޒު
މުނާޒުގެ ދިފާއުގައި އަނބިކަނބަލުން ދިޔާނާ ނިކުމެވަޑައިގެންފި
ދިޔާނާ ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައި
އަލީ ރަޝީދުގެ ތުހުމަތުތައް މިނިސްޓަރު އިމްރާން ޖަވާބުދެއްވަންޖެހޭ
މުނާޒު މަގާމުން ވަކިކުރައްވާފައިވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު

މަޤާމުން ވަކިކޮށްފައިވާ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒުގެ ދިފާޢުގައި އޭނާގެ އަނބިކަނބަލުން ދިޔާނާ ޠާހިރު ނުކުމެވަޑައިގެންފިއެވެ.

ކަރެކްޝަނަލް ސަރވިސްގެ ޤާނޫނީ ވަކީލް އަލީ ރަޝީދު އަޙްމަދު މީގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ހިމެނޭ ސްކްރީން ޝޮޓެއް ޓްވީޓްކުރައްވައި ދިޔާނާ ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަޢާފު ނުދެއްވާ ޤައިދީއަކު ޖަލުން ދޫކޮށްލި މައްސަލަ ތަޙުޤީޤި ކުރުމަށް އެކުލަވާލި ކޮމެޓީގައި ހިމެނުނު ޢަލީ ރަޝީދު ވިދާޅުވެފައި ވަނީ ސިއްރު ތަހުޤީޤުގެ މަޢުލޫމާތު ހާމަކުރަން މުނާޒް މަޖުބޫރު ކުރެއްވި ކަމަށެވެ.

ޢަލީ ރަޝީދުގެ މިތުހުމަތުތަކަށް އިޝާރާތް ކުރައްވާ ދިޔާނާ ވިދާޅުވީ މިވާހަކަތައް ސާފުކޮށްދޭންޖެހޭ ކަމަށެވެ. އެގޮތުން މިތުހުމަތުތައް ސާފުކޮށްދިނުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގެ އަރިހުން އޭނާ ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ދިޔާނާ ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ.

Advertisement

އެގޮތުން "ދޫކުރަން ނުޖެހޭ މީހަކު ދޫކުރީ ކާކު؟ ރައީސް އޮފީސް އިން ކޮންޓެކްޓް ކުރާނެ ފޯކަލް ޕޮއިންޓް ދޭން ބުނުމުން ވަކި އޮފިސަރެއްގެ ނަން ފޮނުވަން ބުނީ ކާކު؟ ޑޮކިއުމެންޓް ފޯކް ކުރިކަމަށް ފުލުހުންގެ ތަހްޤީޤުން އެނގުނު މީހާ މިހާރު ކޮބާ؟" ދިޔާނާ ސުވާލު ކުރައްވާފައިވެއެވެ.

ދިޔާނާގެ މިޓްވީޓަށް މުނާޒު ވިދާޅުވެފައިވަނީ ހޯމް މިނިސްޓްރީންނާއި ރައީސް އޮފީހުގެ ތެރެއިން އަދާލަތުގެ ބާރު ކެނޑި އެމްޑީޕީ މިނިވަން ވީމާ ސަރުކާރުގެ ތެރެއިން ތިބެގެން ކުޅޭ ކުޅިގަނޑު އެމްޑީޕީގެ މެންބަރުންނަށް ވަރަށް އަވަހަށް ސާފު ވާނެކަމަށެވެ.

މުނާޒް މިހެން ވިދާޅުވުމާއި ގުޅިގެން އަނެއްކާ ވެސް ދިޔާނާ ވަނީ އިތުރު ސުވާލުތަކެއް ކުރައްވާފައެވެ.

ޗެކް ކުރަން ޖެހޭ ކިތައް ލެވަލް އިން ޗެކް ކުރިފަހުން މުނާޒް ސޮއި ކުރީ؟ އޭރު އޮފެންޑާ ސަރވިސް އިންޗާޖް ޠަލާލް ޗެކް ކޮށްފައި އޭގެ ފަހުން މުނާޒް ސޮއި ކުރީ؟ އޭނާ ކުށެއް ކުރިކަމަށް ސާބިތުވީމަ މާލޭ ޖަލުގެ އިންޗާޖް (ޑިރެކްޓަރ) ގެ މަގާމު ދީފައި އެހުރީ؟ ދިޔާނާގެ ޓްވީޓުގައިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު މަޤާމުން ވަކިކުރައްވާފައިވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މަޤާމުން ވަކިކުރެއްވުމާއެކު މުނާޒު ދަނީ ސަރުކާރަށާއި، ހޯމް މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް