Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 13:00
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީ
އެޑިޔުކޭޝަން މިނިސްޓްރީ
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
މިއީ އެއްދަންފަޅިއަށް ހިންގޭނެ ފުރަތަމަ ސްކޫލު
މިމަޝްރޫއަށް 74.9 މިލިއަން ރުފިޔާ ހަރަދުވާނެ
އެސް.ޖޭ ކޮންސްޓްރަކްޝަނާ މިމަސައްކަތް ހަވާލުކުރައްވާފައިވަނީ 364 ދުވަސްތެރޭ ނިންމާގޮތަށް

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަނުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ޝިހާދެވެ.

Advertisement

ވަށާޖެހޭ ތަޢުލީމެއް ދެވޭ، އެއްދަންފަޅިއަށް ހިންގޭނެ ފުރަތަމަ މޮޑެލް ސްކޫލްގެ މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރައްވާފައިވަނީ 364 ދުވަސްތެރޭ ނިންމާގޮތަށެވެ. މިމަޝްރޫއަށް 74.9 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ 2022 ގެ ދިރާސީ އާ އަހަރު ދަރުމަވަންތައިގެ އާ ސްކޫލްގައި ކިޔަވައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ޑިޒައިން ކޮށްފައިވަނީ 1000 ދަރިވަރުންނަށް އަދި ކޮންމެ ކްލާސް ރޫމެއްގައި 25 ދަރިވަރުންނަށް ކިޔެވޭނެ ގޮތަށް 41 ކްލާސް ރޫމް ހިމަނައިގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
4 ފެބްރުއަރީ 2020 | އަންގާރަ 15:52
ލިއުސ
މީ ކޮން ރަށެއްގެ ސުކޫލެއްތަ؟ ނިމުނު އިރުވެސް ނޭގުނު. ކޮއްތާކު އަޅަނޫ!