Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 11:30
ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކެއް
ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކެއް
ތަހާރަތު މުހައްމަދު ވަހީދު
ހިޔާ މަޝްރޫއު
ފުލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ނުގުޅޭ ފަރާތްތަކުން ގުޅުމަށް އެދެފި
ތަކުރާރުކޮށް ގުޅުމުންވެސް ގުޅޭ ގޮތެއް ނުވޭ: ފްލެޓްގެ މައްސަލަ ބަލާ ކޮމިޓީ
7761108 ނަންބަރަށް ގުޅުމަށް ނުވަތަ އެސްއެމްއެސް ކުރުމަށް ވަނީ އެދިފައި
ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ފަށާފައިވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހު

ރައީސް ޔާމީންގެ ވެރިކަމުގަައި ފެއްޓި "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ކުރާ މަސައްކަތުގައި އެ ފަރާތާއި ނުގުޅޭތީ، އެ ފަރާތްތަކުގެ ފޯން ނަންބަރު ހިއްސާކުރުމަށް ފްލެޓް މައްސަލަ ބަލާ ކޮމިޓީން އެދެފިއެވެ.

ދިރިއުޅުމުގެ ހާލަތު ބެލުމުގެ ގޮތުން، ފްލެޓްގެ މައްސަލަ ބަލާ ކޮމިޓީން ގުޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ H4 ، H5 ، H12 ، H13 އަދި H15 ، ކެޓެގަރީތަކުގެ ފަރާތްތަކަށެވެ.

Advertisement

އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ކުރިން 7761108 ނަމްބަރާ ގުޅައިގެން މަޢުލޫމާތު ދިނުމަށް ފްލެޓްގެ މައްސަލަ ބަލާ ކޮމިޓީން ވަނީ އެދިފައެވެ. އަދި ގުޅޭގޮތް ނުވިނަމަ، އެ ނަންބަރަށް އެސް.އެމް.އެސް އެއް ފޮނުއްވުމަށްވެސް ގެޒެޓްކޮށްފައިވާ އިއުލާނުގައިވެއެވެ.

ހިޔާ މަޝްރޫއު އަށް ކުރިމަތިލި ފަރާތްތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ފްލެޓްގެ މައްސަލަ ބަލާ ކޮމިޓީން ފަށާފައިވާއިރު އެ މަޝްރޫޢަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ޙަވާލުކޮށްފައިވަނީ "ދިރިއުޅުމުގެ ޙާލަތު" މި ބަޔަށް ރިޢާޔަތްކުރުމެއް ނެތި ކަމަށާއި "ހިޔާ މަޝްރޫޢު" ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީނަމަވެސް، އެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށްކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، ކޮމިޓީން މިހާތަނަށް ބެލި ބެލުމުން އެނގެން ނެތް ކަަމަށް ފްލެޓް ކޮމިޓީން މީގެ ކުރިން ނެރުނު އިއުލާނެއްގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް