Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 11:33
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން
ފޭސްބުކް
ފޮރިން މިނިސްޓްރީ
ކޮރޯނާވައިރަސް: ބޭރުގައި ތިބި ދިވެހިން ރަޖިސްޓްރީވުމަށް ތަކުރާރުކޮށް އެދެނީ
އެހީތެރިކަމެއް ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަވާނެ: ފޮރިން މިނިސްޓްރީ
ވޫހަންގައި ތިބި ދިވެހިން ވަނީ އިންޑިއާ އަށް ގެންގޮސްފައި
މައުލޫމާތުތައް ޓްވިޓަރ އަދި ވެބްސައިޓުން ލިބިގެންދާނެ

ހުއްޓުމެއް ނެތި އަވަށްޓެރި ބައެއް ގައުމުތަކުގައިވެސް ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ، ބޭރުގައި ތިބި ދިވެހިން އެންމެ ކައިރީގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންއެއްގައި ރަޖިސްޓްރީ ކުރުމަށް ފޮރިން މިނިސްޓްރީން އަނެއްކާވެސް އިލްތިމާސްކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދިވެހިން އާއްމުކޮށް ދިރިއުޅެމުންދާ ބައެއް ގައުމުތަކުގައިވެސް ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާއިރު، އެމްބަސީ ނުވަތަ ހައިކޮމިޝަންގައި ރަޖިސްޓްރީކޮށްފައި އޮތުމުން، އެމްބަސީ ނުވަތަ ހައިކޮމިޝަންގެ އެހީތެރިކަމެއް ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަވާނެ ކަމަށެވެ.

Advertisement

އެ އޮފީހުން ބުނީ، އެމްބަސީ ނުވަތަ ހައިކޮމިޝަންގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރި ކަމާއިއެކު ސިއްރު މައުލޫމާތުގެ ގޮތުގައި ބެލެހެއްޓޭނެ ކަމަށެވެ. ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މިހާރު ދިމާވެފައިވާ ޙާލަތާއި ގުޅިގެން ރަޖިސްޓްރީކުރުމަށް ފަސޭހައަށް އެކި ނަމްބަރުތަކާއި އީމެއިލް އެޑްރެސްތައް ފޮރިން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެ މައުލޫމާތު އެ މިޝަންއެއްގެ ޓްވިޓަރ ފީޑުންނާއި މިނިސްޓްރީގެ ވެބްސައިޓުންވެސް ފެންނަން ހުންނާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދޭއެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން އެންމެ ކައިރީގައި ހުންނަ ޑިޕްލޮމެޓިކް މިޝަންގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އެދިފައިވާއިރު، ކޮރޯނާވައިރަސް ފެނުނު މައި މަރުކަޒު ވޫހަން ގައި ތިބި ހަތް ދިވެހިން ވަނީ އިންޑިއާ އަށް ގެންގޮސްފައެެވެ. އިންޑިއާގެ އެހީގައި، ވޫހަން އިން ނެރެގެން ގެންދިޔަ ދިވެހިން މިހާރު ތިބީ އިންޑިއާގައި ކަރަންޓީނު ކޮށްފައެވެ. އަދި މީގެ ކުރިން ކޮރޯނާވައިރަސް އަށް ޝައްކުވެގެން ޓެސްޓްކުރި ތިން މީހުން އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް