Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 12:01
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
މަޖިލިސް
ހާރިޖީ ސިޔާސަތު
މިދިޔަ އަހަރަކީ ބައިނަލްއަގްވާމީ އާއިލާގެ ތެރެއަށް، ރާއްޖެއަށް އަލުން ވަދެވުނު އަހަރެއް: ރައީސް ސޯލިހު
އެކި ގައުމުތަކާއެކު ތަފާތު ދާއިރާތަކުން އެއްބަސްވުންތައް ގާއިމުކުރެވުނު
ދަތުރުފަތުރުކުރުމުގެ އެތައް ލުއިފަސޭހަތަކެއް ލިބިފައިވޭ
ވިސާ އެޕްލިކޭޝަން ސެންޓަރެއް އަންނަ މާރިޗް މަހުގައި ގާއިމްކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން

މިދިޔަ އަހަރަކީ ބައިނަލްއަގްވާމީ އާއިލާގެ ތެރެއަށް، ރާއްޖެއަށް އަލުން ވަދެވުނު އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ޚާރިޖީ ދާއިރާގައި މިދިޔަ އަހަރަކީ، ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ބައިނަލްއަގްވާމީ އާއިލާގެ ތެރެއަށް، ރާއްޖެއަށް އަލުން ވަދެވުނު އަހަރެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަވައްޓެރި އަދި ރަޙްމަތްތެރި ގައުމުތަކާ އެކު، ތަފާތު ދާއިރާތަކުން އެއްބަސްވުންތައް ގާއިމުކުރެވި، ތައުލީމީ ފުރުސަތުތަކާއި މާލީ އެހީތެރިކަމާއި، ދަތުރުފަތުރުކުރުމުގެ އެތައް ލުއިފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ.

Advertisement

އެގޮތުން އިންޑިޔާ، ރަޝިޔާ، ތައިލޭންޑް އަދި ޔޫއޭއީއަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މޮރޮކޯ އާއި ޗައިނާއަށް ދަތުރުކުރުމުގައިވެސް ވަރަށް އަވަހަށް އެ ލުއިފަސޭހަތައް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއާއި ޖަރުމަނު ސަރުކާރާ ގުޅިގެން، ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް، ރާއްޖޭގައި ވިސާ އެޕްލިކޭޝަން ސެންޓަރެއް، އަންނަ މާރިޗް މަހުގައި ގާއިމްކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ބައިނަލްއަގްވާމީ މުޖްތަމައުގެ ފުރިހަމަ އެހީތެރިކަމާއެކު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދިވެހިރާއްޖެ އަނެއްކާވެސް މިވަނީ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވެފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް