Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 09:29
ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އަދި، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަންނަވަނީ
ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އަދި، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލިސް
ރިޔާސީ ބަޔާން 2020
ހަރުކަށި ފިކުރު ހައްލުނުވެ އޮތީ ކުރީ ސަރުކާރުތަކުން އެއީ ނުހިނގާކަމަކަށް ހަދާފައި އޮތުމުން: ރައީސް
ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުން
ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ
ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ ޢިމާރާތް ވެސް މިހާރުވަނީ ހަދައި ނިމިފައި

ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުން ހައްލުނުވެ އޮތީ އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement

ގައުމާ މުހާތަބުކުރައްވާ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި، ދީނާ ޚިލާފު ޚިޔާލު ފާޅުކުރުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމާއި، އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން ޢާންމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި މިއީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަމަށް ވިޔަސް، މިއަދާ ހަމައަށް މިކަން ޙައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ކަންކަން ޙައްލުކުރުމަށް، ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް މަޢުލޫމާތު ބަދަލު ކުރެވޭނޭހެން، ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، ތަންފީޒުކޮށް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ. ޓެރަރިޒަމާއި ހަރުކަށި ޚިޔާލުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކުގެ މެދުގައި، މުޢާމަލާތުކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފެށޭނެ. އަދި ރާއްޖެއިން ބޭރުގައި ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް، ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށް ފަހު އެނބުރި އަންނަ މީހުން، އިޞްލާޙްކޮށް މުޖްތަމަޢަށް ގެނައުމަށްޓަކައި ޤާއިމްކުރާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ ޢިމާރާތް ވެސް މިހާރުވަނީ ހަދައި ނިމިފައި،
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ރައްޔިތުންގެ ދީނީ ޢަޤީދާ ވަރުގަދަކޮށް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ސާބިތުވެ ތިބުމަށް ކުރަންޖެހޭ އެންމެހައި ކަންކަމަށް، މިދިޔަ އަހަރުވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެވުނު ކަމަށެވެ. އެގޮތުން މިހާރުވެސް، 8 ރަށެއްގައި މިސްކިތް ޢިމާރާތްކުރަމުން ދާއިރު، އިތުރު 9 ރަށެއްގައި 12 މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް