Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 02:54
ކަމާގުޅުންހުރި އިދާރާތަކާއެކު ރައީސް ބޭއްވި ބައްދަލުވުން
ކަމާގުޅުންހުރި އިދާރާތަކާއެކު ރައީސް ބޭއްވި ބައްދަލުވުން
ރައީސް އޮފީސް
ރައީސް ސޯލިހު
ކޮރޯނާ ވައިރަސްއާއި ގުޅިގެން ފިޔަވަޅުތައް ހަރުދަނާކޮށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އިރުޝާދު ދެއްވައިފި
އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ރައީސް ވަނީ އޮޅުންފިލުއްވާ މަޝްވަަރާ ކުރައްވާފައި

ކޮރޯނާ ވައިރަސްއާއި ގުޅިގެން އަޅާ ފިޔަވަޅުތައް ހަރުދަނާކޮށް އިދާރާތަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވައިފިއެވެ.

ރައީސް މިކަމަށް އިރުޝާދު ދެއްވީ ކަމާގުޅުންހުރި އިދާރާތަކާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި "ނޮވެލް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް ސޯލިހު ވަނީ ބައެއް ވަޒީރުންނާއި ކަމާގުޅޭ އިދާރާތަކުގެ މެންބަރުންނާ ބައްދަލުކުރައްވާ އޮޅުންފިލުއްވާފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވާ، އިރުޝާދު ދެއްވައި މިކަމުގައި ހުރިހާ އިދާރާތަކުންގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މިހާރު ވަނީ މަނާކޮށްފައެވެ. މި ޓްރެވަލް އެޑްވައިޒަރީ ނެރިފައިވާކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ ދަށުން އާދީއްތަ ދުވަހުގެރޭ 12:00 އިން ފެށިގެން ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާވާނެ ކަމަށެވެ. އޭގެތެރޭގައި ޗައިނާގައި ހުރި އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ހިމެނޭނެކަމަށާއި، ޓްރާންސިޓް ފްލައިޓަކުންވެސް، ރާއްޖެ އެތެރެނުވެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް