Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 15:10
އަހުމަދު ހިޝާން
އަހުމަދު ހިޝާން
ލިޓަސް
ފުލުހުން
ދަރުމަވެރިޔާ ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި
ފުލުހުން ވަނީ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ކަށަވަރުކޮށްދީފައި

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދަރުމަވެރިޔާ އަހުމަދު ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރުކަންވެސް ކުރައްވާފައިވާ ހިޝާާންގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމައެެއް ނުކުރެއެވެ.

Advertisement

ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް އެތައް މަސައްކަތްތަކެއް ކޮށްފައިވާ ހިޝާންއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާއި އޭގެއިތުރުންވެސް ނުފޫޒުގެ ތުހުމަތުކޮށްފައިވާއިރު ޖެނުއަރީ 31 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ހިޝާން ހިފަހައްޓާފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް ހިޝާން ވަނީ ފުލުހުންގެ އިދާރާއަށް މީގެކުރިން ހާޒިރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
2 ފެބްރުއަރީ 2020 | އާދީއްތަ 17:04
ދަރޭ
ދަރުމަވެރިޔާ ކަމުން ވަކި ކޮއްފިތަ. ހިޔެއް ނުވޭ.