Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 22:21
މާސްކު އަޅައިގެން މަގުމަތީގައި ހިނގާފައިދާ ބަޔަކު
މާސްކު އަޅައިގެން މަގުމަތީގައި ހިނގާފައިދާ ބަޔަކު
މުހައްމަދު ޝަރުހާން
އިންފްލުއެންޒާ އެޗްވަންއެންވަނ
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 23 މީހުން
މި ބަލީގައި 3 މީހުން ވަނީ މަރުވެފަ
އެޑްމިޓް ކުރި 13 މީހަކު 24 ގަޑިއިރުގެ ތެރޭގައި ވަނީ ދޫކޮށްލާފަ

މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 24 ގަޑި އިރުގެ ތެރޭގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ ތެރެއިން 13 މީހުން ދޫކޮށްލާފައިވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިހާތަނަށް 477 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކުރައްވާފައިވާ އިރު 176 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފަ އެވެ. މީގެ އިތުރުން މި ބަލީގައި 23 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ހާމަކުރެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުންމި ރޯގާ ފެތުރެމުންދާ އިރު ހޯމަ ދުވަހު ވަނީ މާލެއިން އެކަނި 425 މީހުން ފްލޫ ކްލިނިކަށް ދައްކާފަ އެވެ. މީގެ ތެރޭގައި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް 242 މީހުން، އޭޑީކޭ އިން 108 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަރިދަފުސް ރޯގާ އާއި އެހެން ވައިރަލް ހުން ޖެހިގެން، އަތޮޅުތަކުގެ ފްލޫ ކްލިނިކަށް 809 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައިވެ އެވެ. އެގޮތުން މުޅި ޖުމްލަ 1234 މީހުންވަނީ މުޅި ރާއްޖެއިން ފްލޫ ކްލިނިކް ތަކަށް ދައްކާފަ އެވެ. މި ތަފާސް ހިސާބުތަކުން ދައްކާގޮތުން ޑޮކްޓަރަށް ދައްކާމީހުންގެ އަދަދު އަދީ އެއްދުވަހުން އަނެއްދުވަހަށް ދައްކަވަމުންނެވެ.

މިހާތަނަށް ފްލޫ ކްލިނިކްތަކަށް އެންމެ ގިނައިން ދައްކާފައިވަނީ، މިދިއަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެދުވަހު އަތޮޅުތަކުގެ ފްލޫ ކްލިނިކުން 1551 މީހުން ޑޮކްޓަރަށް ދައްކާފަ އެވެ.

ހޯމަ ދުވަހު އަތޮޅުތަކުން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ، ބ އަތޮޅާއި ރ އަތޮޅެ އެވެ. އެގޮތުން ބ އަތޮޅުގެ ފްލޫ ކްލިނިކަށް 90 މިހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ރ އަތޮޅުގައި ޑޮކްޓަރަށް ދައްކާފައިވަނީ 79 މީހުންނެވެ. މީގެ އިތުރުން ލ އަތޮޅުގެ ފްލޫ ކްލިނިކް ތަކަށް 72 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ހދ އަތޮޅުގެ ފްލޫ ކްލިނިކް ތަކަށް 56 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

އެޗްޕީއޭ އިން ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ރަގަޅުވެފައިވާކަން ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހެމުންދާ އިރު ބަލިން ރައްކާތެރި ވުމަށްޓަކައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނަ އިން ދިޔާ އެއްޗެހި ބުއި މަށާއި، ހުން ގަދަވާނަމަ ހަށިގަނޑުގައި ފެން ހޭކުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ތިން މީހުން ވަނީ މަރުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް