ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 15:19
ހޮންގްކޮންގް އިހުތިޖާޖު
ހޮންގްކޮންގް އިހުތިޖާޖު
ގޫގުލް
ނޮވެލް ކޮރޯނާވައިރަސް
ޗައިނާ ފަތުރުވެރިން ހޮންގްކޮންގްއަށް އެތެރެވުން މަނާނުކުރާނަމަ އެ ގައުމުގައި އިހުތިޖާޖު ކުރަނީ
 
އެމީހުން ވަނީ ހޮންގްކޮންގްގެ ސަރުކާރަށް 5 ކަމެއް ހުށަހަޅާފަ
 
އިންޒާރުދީފައިވަނީ "އެޗްއޭ އެމްޕްލޯއީޒް" އިން

ޗައިނާ ފަތުރުވެރިން ހޮންގްކޮންގްއަށް އެތެރެވުން މަނާނުކުރާނަމަ އިހުތިޖާޖު ކުރާނެ ކަމަށް އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން އިންޒާރުދީފިއެވެ.

އިހުތިޖާޖު ކުރުމަށް ހޮންގްކޮންގް ސަރުކާރަށް އިންޒާރު ދީފައިވަނީ ޓްރޭޑް ޔޫނިއަންއެއް ކަމަށްވާ "އެޗްއޭ އެމްޕްލޯއީޒް" އިންނެވެ. ޗައިނާ ފަތުރުވެރިން އެގައުމަށް އެތެރެވުން މަނާ ނުކުރާނަމަ ހޯމަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަން ފަށާނެ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

އެމީހުން ވަނީ ހޮންގްކޮންގްގެ ސަރުކާރަށް 5 ކަމެއް ހުށަހަޅާފައެވެ. އެގޮތުން ޗައިނާ ބޯޑަރުން މީހުން އެތެރެވުން މަނާ ކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހޮންގްގައި ދިރިއުޅޭ މީޙުންނަށް މާސްކު އަޅަން އެންގުން ހިމެނެއެވެ. މީގެއިތުރުން އައިސޮލޭޝަން ވޯޑުތައް ގާއިމުކޮށް، އިމާޖެންސީ ނޫން ފަރުވާތައް ދިނުން ހުއްޓާލުމަށް ހޮސްޕިޓަލްތަކަށް އެންގުމުގެ އިތުރުން އައިސޯލޭޝަން އޯޑަރުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހޮންގްކޮންގް ރައްޔިތުންނަށް އެންގުމަށާއި ސިއްހީ ދާއިރާ މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން ހޮންގ ކޮންގގައި ވައިރަސްގެ އެމަރޖެންސީ އިއުލާންކޮށް ޗައިނާއަށް ކުރަން ހުރި ދަތުރުތައް މަދުކުރުމަށް އެގައުމުގެ ލީޑަރ ކެރީ ލެމް ގޮވާލައްވާފައެވެ. ހޮންގކޮންގ އިން ވަނީ ކޮރޯނާވައިރަސްގެ އަސަރު އެގައުމުގެ 5 މީހަކަށް ކޮށްފައިވާކަމަށް ބުނެފައެވެ. މިހުރިހާ މީހުންވެސް ގުޅިފައިވަނީ މިވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން އާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް