ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 13:42
ކޮރޯނާ ވައިރަސް
ކޮރޯނާ ވައިރަސް
ސީއެންއޭ
ނޮވެލް ކޮރޯނާވައިރަސް
ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 4577 ކޭސް ރިޕޯޓު ކުރެވިފައިވޭ
 
އިނާ ނޫން 17 ގައުމަކުން މި ބަލި ފެނިފައިވޭ
 
ޗައިނާގައި މި ވައިރަސްގެ ޝިކާރައަކަށްވެ 106 މީހުން މަރުވެފައިވޭ
 
ޗައިނާއިން އެކަނިވެސް ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ޗައިނާއިން 4515 ކޭސް ރިޕޯޓުކޮށްފައިވޭ

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 4577 ކޭސް ރިޕޯޓު ކުރެވިފައިވާ ކަން ތާފާސްހިސާބުތަކުން ދައްކައިފިއެވެ.

މިހާރުވެސް އެންމެ ބާރަށް މިވައިރަސް ފެތުރެމުންދާ ޗައިނާއިން އެކަނިވެސް ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ޗައިނާއިން 4515 ކޭސް ރިޕޯޓުކޮށްފައިވެއެވެ. ހޯމަ ދުވަހު ރިޕޯޓުކޮށްފައިވަނީ 2835 ކޭސްއެވެ. މި ބަލީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސުންނެވެ. އެގޮތުން ހޫބޭ އިން އެކަނި ކޮރޯނާވައިރަސްގެ 2714 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

މިހާތަނަށް ޗައިނާގައި މި ވައިރަސްގެ ޝިކާރައަކަށްވެ 106 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ދައްކައެވެ. އެންމެ ފަހުގެ އަޕްޑޭޓުތަކަށް ބަލާލާއިރު މިހާތަނަށް މި ބަލި ޖެހިގެން 106 މީހަކު މަރުވެފައިވާއިރު މި ބަލީގެ ޝިކާރައަށްވެ، ފުރާނަ ގެއްލިފައިވާ މީހުންގެ އަދަދު ހޯމަ ދުވަހު އުޅެނީ 81 ގައެވެ. މިއީ 60 އިންސައްތައިގެ އިތުރުވުމެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މި ބަލި ފެތުރިފައިފާ މިންވަރަށް ބަލާލާއިރު ޗައިނާ ނޫން އެހެން ގައުމުތަކުގައި ޖުމްލަ 62 މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. ޗައިނާ ނޫން 17 ގައުމަކުން މި ބަލި ފެނިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން އެކި ގައުމުތަކުން ދަނީ ޗައިނާ އަށް ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. ބަލި ފެތުރުމުގެ ފުރުޞަތު މުޅި ދުނިޔޭގެ ނިސްބަތުގައި މަތިކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
50%
50%
0%
0%
ކޮމެންޓް