ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 07:37
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
ސަރުކާރުން ބޭނުންވާ ސްޕީޑްގައި ކަންކަން ނުހިންގެނީ އެމްޑީޕީ ތެރޭގައި ބައިބައިވުމުގެ ސަބަބުން: ޤާސިމް
ރައީސުލްޖުމްހޫރިއްޔާ އިޚްލާސްތެރިކަމާއެކު މަޑުމައިތިރިކަމާއެކީގައި ޕާޓީގެ ތެރޭގައި ބޮޑެތި ހަމަނުޖެހުން ހިނގާއިރު ކެތްތެރިކަމާއެކު ހުންނަވާތީ އުފާކުރާކަމަށް ޤާސިމް ވިދާޅުވި
ޤާސިމް ވިދާޅުވީ ރައީސް ވެވަޑައިގެންފައިވާ ވައުދުތަކާއި ޚިލާފުވެވަޑައި ނުގަންނަވާނެކަމަށް ޔަޤީން ކުރައްވާކަމަށް

ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ޚިދުމަތްކޮށް ނުދެވިގެން އުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައި ވުމުގެ ސަބަބުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއިކުރުމާއި އެޕާޓީގެ ނަމުގައި ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންގެ ފޯމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިޚްލާސްތެރިކަމާއެކު މަޑުމައިތިރިކަމާއެކީގައި ޕާޓީގެ ތެރޭގައި ބޮޑެތި ހަމަނުޖެހުން ހިނގާއިރު ވެސް ސާބިތުކަމާއެކީގައި ކެތްތެރިކަމާއެކީގައި ކުރިޔަށް ގެންދަވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

އުފާކުރަން އަދުގެ ރައީސުލްޖުމްހޫރިއްޔާ އިޚްލާސްތެރިކަމާއެކު މަޑުމައިތިރިކަމާއެކީގައި ޕާޓީގެ ތެރޭގައި ބޮޑެތި ހަމަނުޖެހުން ހިނގާއިރު ވެސް އެމަނިކުފާނު ސާބިތުކަމާއެކީގައި ކެތްތެރިކަމާއެކީގައި ކުރިޔަށް ގެންދަވާތީ. އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ޚިދުމަތްކޮށް ނުދެވިގެން މިއުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައި ވުމުގެ ސަބަބުން .އޭގެ ސަބަބުން ކަން އަޅުގަނޑަށް ކަށަވަރު.
ޤާސިމް އިބްރާހީމް /ޖުމްހޫރީ ޕާޓީގެ ލީޑަރ

ޤާސިމް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކޯލިޝަންގެ ސަބަބުން ސަރުކާރު ހިންގުމުގެ ސްޕީޑް ލަސްވަމުންދާތީ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާފައި ވަނިކޮށެވެ.

ޤާސިމް ވިދާޅުވީ ރައީސް ވެވަޑައިގެންފައިވާ ވައުދުތަކާއި ޚިލާފުވެވަޑައި ނުގަންނަވާނެކަމަށް ޔަޤީން ކުރައްވާކަމަށެވެ. އަދި މީގެކުރިން ޕާޓީން ބޭއްވި ޖަލްސާއެއްގައި އެއަރޕޯޓްގެ މުވައްޒަފުންތަކެއް ކަނޑާލައިގެން އެކަމާ ވާހަކަދެއްކުނީ އެކަމުގެ ހަގީގަތް ބަލައިނުލާ ކަމަށާއި އެހެންކަމުން އެކަމާއި ރައީސްގެ އަރިހުން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

- ކޮމެންޓް
28 ޖެނުއަރީ 2020 | އަންގާރަ 10:52
ގާސިމޫ
އަމިއްލަ އިއުތިރާފުން ތަންތަނައްއަރާ ހަދަނީ ދޮގުކަމަށް ބުނަމުން އެހެން ޕާޓީ ތަކުގައި ދެބަސްވުމާއި އަރައިރުމުގެ ވާހަކަ ދައްކަމީ ރާއްޖޭގެ ވެރިކަން ލިބޭނެކެމަށް. ދެނަހުރިންތަ ވެރިކަމަކީ ﷲ ދެއްވާ ބާރެއްކަމާއި ﷲ އިރާދަކުރެއްވެވުމާއިއެކު އެބާރު ނިގުޅައި ގަންނަވާނެކަން ބަގާވާތްކޮއްގެންވިއަސް ދޮގު ވާހަކަ ދައްކައިގެންވެސް ވެރިކަން ހޯދަންއުޅޭ މަހުޖަނުންނައް އެގުމަކީ ނުވަތަ ފަހުމު ވުމަކީ ވަރައް ނާދިރުކަމަކައްވެދާނެ. 65 މެމްބަރުންނައް ގޮވާލަން ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ރިޔާސީ އިމްތިޚާބުގައި އެންމެގިނަ ވޯޓް ލިބޭފަރާތަކައް ވެރިކަން ލިބޭގޮތައް ބަދަލުކުރަން، އެއިރުން މަހުޖަނާއެކު އެއްވެސް ފަރާތަކައް މަހުޖަނުބުނާކަހަލަ ކޯލީސަން ހަދާކައް ނުޖެހޭނެ. މަހުޖަނައް ސަލާމް.
28 ޖެނުއަރީ 2020 | އަންގާރަ 08:51
ނަޖްވާ
ކޮން އިރަކުތަ މީނަ ހަޤީޤަތް ބަލައިގެން ވާހަކަ ދައްކަނީ؟