Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 18:32
ރައީސް ޔާމީން
ރައީސް ޔާމީން
ރާއްޖެ އެމްވީ
ޕީޕީއެމް ޖަލްސާ
ޖާހު ވަރުގަދަކުރުމަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: ރައީސް ޔާމީން
ސަރުކާރުން މަސައްކަތް ކުރަނީ ގައުމު ތަރައްގީ ކުރުމަށް
އަމިއްލަ ފައިދާއަށް އެއްވެސް ކަމެއް ކޮށްފަ އެއް ނޯންނާނެ

މި ސަރުކާރުގެ ވެރިކަމުގެ ތެރޭގައި ރައީސް ޔާމީންގެ ޖާހަ ވަރުގަދަކުރުމަށް ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ތަރައްގީއަށް މިފަސް އަހަރުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ކަމަށާއި އެ މަނިކުފާނުގެ އަމިއްލަ މީހާ ވަރުގަދަ ކުރުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

"މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުގެ ޖާހާ  ވަރުގަދަކުރާ ކަށް ޝައުގުވެރިކުރާ ކަށް ކުރި ކަމެއް ނޯންނާނެ. އަޅުގަނޑު ނުހުންނާނެ ގަނޑުވަރު ތަކެއް އަޅާފަ އެއް." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ދުއްވާ ކާރު އާކޮށްފައިވެސް ނޯންނާނެ ކަމަށާއި މީގެ ދުވަސް ކޮޅެއް ކުރިން ދިރިއުޅުއްވީ ވެސް އަމިއްލަ ގޭގާއި ކަމަށާއި ގެއިން މިހާރު ބަދަލުވީ ގެ ހަދަންވެގެން ކަމަށެވެ.

އަދި ސަރުކާރޭ ކިޔައިގެން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި ދެކެވެމުންދާ ވާޙަކަތައް ކަމަށް އެމަނިކުގާނު ވިދާޅުވި އެވެ. މި ސަރުކާރުގެ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދަނީ، އޮންނަ ހަސަދައެއްގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް