ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 21:18
ވެއްޓުނު ފްލައިޓް
ވެއްޓުނު ފްލައިޓް
އެއަރ ލައިވް
ފްލައިޓެއް ވެއްޓުން
ފަސިންޖަރުން އުފުލާ ފްލައިޓެއް އަފްޣާނިސްތާން އަވަށަކަށް ވެއްޓިއްޖެ
 
ފްލައިޓް ވެއްޓުނު ސަބަބެއް އަދިސާފުނުވޭ
 
ފްލައިޓް ވެއްޓުމާއެކު އަލިފާން ރޯވި
 
އެއްވެސް މީހަކު ސަލާމަތެއް ނުވޭ

މީހުން ގޮވައިގެން ދަތުރުކުރި ފަސިންޖަރުން އުފުލާ ފްލައިޓެއް އަފްޣާނިސްތާނުގެ އަވަށަކަށް ވެއްޓިއްޖެއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހުޅަނގު ދެކުނު އަވަށެއް ކަމަށްވާ ގަޒްނީ އަވަށުގެ ދަޔަކް އަވަށަށް ފްލައިޓެއް ވެއްޓިފައިވާ ކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ފްލައިޓުން ދަތުރު އެއްވެސް ފަސިންޖަރަކު ސަލާމަތްނުވާއިރު، ފްލައިޓުން ދަތުރުކުރީ ކިތައް ފަސިންޖަރުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޚަބަރުތައް ބުނާ ގޮތުން ފްލައިޓް ވެއްޓި އޭގައި ވަނީ އަލިފާން ރޯވެފައެވެ. ފްލައިޓް ވެއްޓެން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުން ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެންނެވެ.

ވެއްޓުނު ފްލައިޓަކީ އަރައިނާ އެއަރލައިންގެ ފްލައިޓެއް ކަމަށް އަޑު ފެތުރުނު ނަމަވެސް އެއަރލައިނުން ވަނީ ފަހުން މިކަން ދޮގުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
14%
0%
86%
0%
0%
0%
ކޮމެންޓް