ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 23:22
ކޮރޯނާ ވައިރަސްއ ޖެހިފައިވާ މީހުންނަށް ފަރުވާދޭ ޓީމެއް
ކޮރޯނާ ވައިރަސްއ ޖެހިފައިވާ މީހުންނަށް ފަރުވާދޭ ޓީމެއް
ޗެނަލް ނިއުސް އޭޝިއާ
ކޮރޯނާ ވައިރަސް
ޗައިނާގައި، ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 81 އަށް އަރައިފި
 
ޗައިނާ އިން ޖުމުލު 2،744 މީހުންނަށް ވައިރަސް ޖެހިފައިވާކަން ވަނީ ކަށަވަރުވެފަ
 
ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރޭގައި 9 މަހުގެ ތުއްތު ކުއްޖަކު ހިމެނޭ
 
ކޮރޯނާ ވައިރަސް ގައި މިއަދު ޗައިނާގައި މަރުވީ 25 މީހުން

ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނިއު ނޮވެލް ކޮރޯނާ ވައިރަސްގައި މިއަދު އެކަނިވެސް 25 މީހުން މަރުވެފައިވާކަމަށް ޗައިނާގެ ސީސީ ޓީވީން ރިޕޯޓުކޮށްފިއެވެ.

ކަމާއިބެހޭ އިސް މަސްއޫލުވެރިންނާއި ޙަވަލާދީ ސީސީ ޓީވީން ރިޕޯޓު ކުރާގޮތުގައި، މަރުވި މީހުންގެ ތެރެއިން 24 މީހުން މަރުވެފައިވަނީ ހުބޭއީ ޕްރޮވިންސްގައެވެ. އަދި މަރުވި އަނެއް މީހާއަކީ ދެކުނު ހައިނާން ޕްރޮވިންސްގެ މީހެއް ކަމަށެވެ. މިއަދު މިމަރުވީ 25 މީހުންނާއެކު، ޗައިނާގައި ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ ޢަދަދު ވަނީ 81 އަށް އަރާފައެވެ.

ޗައިނާގެ އިމަރޖެންސީ ޙާލަތްތަކުގައި ޙަރަކާތްތެރިވާ މަސްއޫލުވެރިން މިއަދު ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާލާއިރު، ޗައިނާގެ ހުބެއި ޕްރޮވިންސުން މި ވައިރަސް ފެނުނު ނަމަވެސް، މިހާރު އެ ޕްރޮވިންސް ވަށައިގެންވާ އެހެން އަވަށްތަކާއި އެހެން ޕްރޮވޮންސްތަކަށްވެސް މި ވައިރަސް ފެތުރެއަމުން އަންނަ ކަަމަށެވެ. މީގެތެރޭގައި ވެރިރަށް ބެއިޖިންވެސް ހިމެނެއެވެ.

ވައިރަސް ޖެހުނު މީހުންގެ ތެރޭގައި އުމުރުން ނުވަ މަހުގެ ކުއްޖަކު ހިމެނެއެވެ. މި ކުއްޖާއަކީ ވެރިރަށް ބެއިޖިންގްގެ ކުއްޖެއް ކަމަށާއި، އެކުއްޖާއަކީ މިވައިރަސް މިހާނަތަށް ޖެހުނު އެންމެ ތުއްތު ކުއްޖާކަމަށް ޚަބަރުތައް ބުނެއެވެ. ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، ޗައިނާ ސަރުކާރުން ވަނީ ސަލާމަތާރި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ. އެގޮތުން މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ހުބެއި ޕްރޮވިންސްގެ ވުހާން ސިޓީގެ އާންމު ދަތުރުފަތުރުތައް ވަނީ މެދުކަނޑާލާފައެވެ. މިކަމާއި ގުޅިގެން ޗައިނީސް އާއަހަރުގެ ބައެއް ޙަފުލާތައްވެސް ވަނީ ކެންސަލްކޮށްފައެވެ. މިކަމާއި ގުޅިގެން އާންމު ރައްޔިތުން ތިބީ ވަރަށް މާޔޫސް ވެފައެވެ.

މީގެއިތުރުން ޗައިނާގައި ޢާންމުން އެއްވެސް އުޅޭ ތަންތަނާއި ފަތުރުވެރި މަންޒިލްތައް މިހާރުވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާ ބޮޑު ފާރާއި، ޝަންހާއީ ޑިޒްނީ ލޭންޑް ފަދަ ތަންތަން ހިމެނެއެވެ. އެހެންނަމަވެސް މިދުވަސްވަރަކީ އާއިލާއާއި އެކު ޗުއްޓީ ނުވަތަ ހުސްވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްވަރަށްވެފައި، އަދި ވަޒީފާގެ ގޮތުން ޢާއިލާއާއި ދުރުގައި އުޅޭ ފަރާތްތަކުން ޢާއިލީ އެއްވުންތައްވެސް ބާއްވާ ދުވަސްވަރަކަށް ވާތީ ޗައިނާގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ހިތްދަތިވެފައެވެ. ޢާންމުންގެ މިކަންބޮޑުވުންތަކާއި ގުޅިގެން، ޗައިނާގެ މައި ސަރުކާރުން މިއަދު ވަނީ އާއަހަރުގެ ޗުއްޓީގެ މުއްދަތު އިތުރުކުރާނެކަން އިޢުލާންކޮށްފައެވެ.

ކޮރޯނާ ވައިރަސް ޗައިނާގެ އިތުރުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި މިހާރު ފެތުރެމުންދާތީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އެދެނޮމް، ވައިރަސް އާ ގުޅެ މަޝްވަރާ ކުރެއްވުމަށް ޗައިނާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނުގެ ޓްވިޓަރގައި މިއަދު ހާމަކުރައްވާފައިވެއެވެ. ޑަބްލިއު އެޗް އޯއިން ޗައިނާއަށް ދަތުރުކުރެއްވުމަށް ނިންމެވި ނަމަވެސް، މިކަމަކީ ބައިނަލްއަޤުވާމީ ޕަބްލިކް ހެލްތު އެމަރޖެންސީއެއްގެ ގޮތުގައި އަދި ކަނޑައާޅާފައެއް ނުވެއެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މިއަދު ޢާންމު ކުރި ތަފާސް ހިސަބުތަކަށް ބަލާއިރު، ޗައިނާ އިން ޖުމުލު 2،744 މީހުންނަށް ވައިރަސް ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ، މިއީ އިއްޔެ އާ އަޅާކިޔާއިރު 769 އިތުރު ޢަދަދެކެވެ. އަދި ފާއިތުވި 24 ގަޑި އިރަށް ބަލާއިރު، މި ވައިރަސް އަށް ޝައްކު ކުރެވޭ މީހުންގެ މިންވަރުވެ ގިނައެވެ. މިއަދު 6000 މީހުން މިވައިރަސްއަށް ޝައްކުކުރެވިގެން، އެމީހުން ޓެސްޓުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެކޮމިޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް