ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 07:46
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ
އަލްޖަޒީރާ
ގަމްބިއާ
ގެމްބިއާގެ ލިޑަރާއި ދެކޮޅަށް ކުރި މުޒާހަރާގައި 3 މީހަކު މަރުވެއްޖެ
 
މުޒާހަރާ ރޫޅާލުމަށް އެ ގައުމުގެ ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފައިވޭ
 
ތިން މީހުން މަރުވެފައިވަނީ އާދީއްތަ ދުވަހުގެ ގެމްބިއާގެ ވެރިރަށް ބަންޖުލްގައި

ގެމްބިއާގެ ލީޑަރާއި ދެކޮޅަށް ކުރި މުޒާހަރާގައި 3 މީހަކު މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ އިސްތިއުފާއަށް ގޮވާލާ އެ ގައުމުގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި މުޒާހަރާގައި 3 މީހަކު ވަނީ މަރުވެފައެވެ.

ގެމްބިއާގެ ލީޑަރު ބަރޯ ވަނީ 2016 ވަނަ އަހަރު ވެރިކަން ދޫކޮށްލައްވާނެ ކަމަށް ވިދާޅުވުމަށްފަހު، އެ ނިންމުން އަނބުރާ ގެންދަވާ، އޭނާގެ ދައުރު އިތުރުކުރުމަށް ނިންމަވާފައެވެ. މިކަމާއި ގުޅިގެން އެގައުމުގެ ރައްޔިތުން ދަނީ ހިންހަމަނުޖެހުން ފާޅުކޮށް، މަގުތަކުގައި މުޒާހަރާކުރަމުންނެވެ.

އެ ތިން މީހުން މަރުވެފައިވަނީ އާދީއްތަ ދުވަހުގެ ގެމްބިއާގެ ވެރިރަށް ބަންޖުލްގައި، މުޒާހަރާ ރޫޅާލުމަށް އެ ގައުމުގެ ފުލުހުން ކަރުނަ ގޭސް ބޭނުން ކުރަމާއިގުޅިގެންނެވެ.

ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ހިނގައިދިޔަ ކުރިމަތިލުންތަކުގައި، މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންނާއި ދިމާލަށް ގާ އުކާ ހަމަލާދީފައި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކަރުނަ ގޭހުގެ އަސަރުކޮށްގެން އެތައް ބަޔަކު ހޮސްޕިޓަލަށް ފަރުވާއަށް ގެންދުވުނު އިރު، މުޒާހަރާގައި ބައިވެރިވި އެތައް ބަޔެއް ހައްޔަރުކުރެވެމުންދާ ކަމަށް ވެސް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ނޫސްވެރިންވެސް ހައްޔަރުކޮށްފައިވާ ކަމަށާއި އެތައް ރޭޑިއޯ ސްޓޭޝަންތަކެއްވެސް ބަންދުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް