އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓަކަށް މޯލްޑިވްސް ނެޑަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުން އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް އެމްއާރުސީސީ އަށް ލިބިފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ 17:00 ގައި ކަމަށެވެ.
އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއާރުސީސީން ދިޔައީ ބޯޓު މޮނިޓަރ ކުުރަމުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ މަސްބޯޓުގައި ޖުމްލަ ހަ މީހުން ތިބި ކަމަށާއި އެ ބޯޓުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.