މިނީ ބަހުގެ ޚިދުމަތް އަންނަ މަހު މާލޭ ސިޓީގައި ފެށޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝަމާއު ވިދާޅުވީ މީގެ ކުރީގައިވެސް މާލޭގައި އެތެރޭގެ ދަތުރުތަކަށް ބަސް ދަތުރުތައް ފެށިގެން ދިޔަ ކަމަށާއި އޭރު ހެދިފައި ހުރި ސަރވޭ ތަކަށް ބަލާއިރު އެ ޚިދުމަތަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ޚިދުމަތެއް ކަމަށެވެ.
ޝަމާއު ވިދާޅުވީ މިހާރު މިހިނގާ ޕަބްލިކް ޓްރާންސްޕޯޓަށް ބަލާއިރު މާލެއިން ހުޅުމާލެއަށް ކުރާ ބަސްދަތުރުތަކުގެ ޚިދމަތް ގިނަ ރައްޔިތުން ބޭނުންކުރަމުންދާ ކަމަށެވެ.
މާލޭގައި ބަސްދަތުރުގެ ޚިދުމަތް އަލުން ފަށަން ނިންމާފައިވަނީ ކާނިވާ ޞަރަޙައްދުން ކަމަށެވެ. އެކަމުގެ ސަބަބުން އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.
އޭރަށް ދެ ރޫޓް އެ ތައާރަފް ކުރެވުނީ . ދެން ހަމަ އެއާއިއެކު މާލޭގެ އެތެރޭގެ ކުރާ ދަތުރުތަކަށް ރޫޓްތަކެއް މިހާރު ކަނޑައެޅިފައިހުރީ .އެއަށް ޖާގަ ހެދުމުގެ ގޮތުން ޕާކިން ލޮޓްތައް ހަދާ މަގުތަކުން ޕާކިން ލޮޓްތައް ނަގަމުން މިދަނީ. އެނގިވަޑައިގަންނަވާނެ ސޯސަންމަގު، އަމީނީ މަގުން މިހަރު ފެންނާނެ އެ ޖާގަ ތަނަވަސްކަން.އެހެންވީމާ އެގޮތަށް މަސައްކަތްތައް މި ކުރެވނީ ޕަބްލިކް ޓްރާންސްޕޯޓް ތަޢާރަފް ކުރުމަށްޓަކައިމާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް
ޝަމާއު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މާލޭ ސްކޭޕިން ޕްރޮޖެކްޓްގެ އޮފީސް ހުޅުވި ރައްޔިތުންނަށް އެކަމުގެ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.