Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 03:56
ރައީސް ނަޝީދު: ޔަޒީދު ޖަވާބުދާރީ ކުރުވާނެ ކަމަށް ވަނީ ވިދާޅުވެފައި
ރައީސް ނަޝީދު: ޔަޒީދު ޖަވާބުދާރީ ކުރުވާނެ ކަމަށް ވަނީ ވިދާޅުވެފައި
ގޫގުލް
މީރާ ސިޔާސީ ވުން
މީރާ އުފެއްދީ ސިޔާސީ ހަތިޔާރަކަށް ނޫން: ރައީސް ނަޝީދު
ސަރުކާރު ސިޔާސީގޮތުން ތާށިވާ ކޮންމެ ވަގުތަކު ވިޔަފާރިވެރިންގެ އެކައުންޓްތައް ފްރީޒް ކުރުމުން މީރާގެ އަމަލަކީ ސިޔާސީ ކަމެއްކަން ސާފުވޭ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެއްދީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނޫން ކަމަށާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ޖަވާބުދާރީ ކުރުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުދަދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ބުދަދުވަހުގެރޭ ކުރެއްވި ޓވްީޓެއްގައި ވިދާޅުވެފައިވަނީ މީރާ އުފެއްދީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާކަށް ނޫން ކަމަށާއި ކޮމިޝަނަރ ޔަޒީދު ޖަވާބުދާރީ ކުރުވާނަން ކަމަށެވެ.

ރައީސް ނަޝީދު ބުދަދުވަހުގެރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރު ސިޔާސީގޮތުން ތާށިވާ ކޮންމެ ވަގުތަކު ވިޔަފާރިވެރިންގެ އެކައުންޓްތައް ފްރީޒް ކުރުމުން މީރާގެ އަމަލަކީ ސިޔާސީ ކަމެއްކަން ސާފުވާ ކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން މީރާއާއި ޔަޒީދަށް އިޝާރާތްކޮށް ޓްވީޓް ކުރައްވާފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ބުދަދުވަހު މީރާއިން ފްރީޒް ކޮށްފައި ވަނިކޮށެވެ.

މީރާގެ ޑިރެކްޓަރ ޖެނަރަލް އެންފޯސްމަންޓް ފާތިމަތު އަމީޒާ ސޮއިކުރައްވާ ވިލާ ޝިޕިންއަށް ބުދަދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ތ. އެލާއާއި ގުޅިގެން ވިލާ ގުރޫޕުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ޝިޕިންއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުންދޭ ބައެއް ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމާއި، ވިލާ ޝިޕިންގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.

ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޤާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީން ތާއީދު ކޮށްފައިވާ ކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ވިލާގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ބުނި ގޮތުގައި، ބޭންކު އެކައުންޓްތައް ފްރީޒްކުރުމުގެ އިތުރަށް، މުދާ އެތެރެކުރުމާއި ބޭރުކުރުން ހުއްޓުވައި، އަދި ކަސްޓަމްސްގެ އެހެން ހިދުމަތްތަކާއި އިމިގްރޭޝަންގެ ހިދުމަތްތައް ވެސް ދިނުން ވަނީ މެދުކަނޑާލާފަ އެވެ.

 2015 ވަނަ އަހަރު ވެސް ވިލާގެ އެކައުންޓްތައް ފްރީޒްކުރި އެވެ. އެފަހަރު ފްރީޒުކުރީ މޭޑޭގެ އެއްވުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް