އިނގިރޭސި ވިލާތުގެ ވެސްޓް މިންސްޓަރ އަދި ހައުސް އޮފް ކޮމަންސް ސަރަހައްދުގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަ މުހައްމަދު ސައީދަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިނިސްޓަރ ސައީދުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެމަނިކުފާނު ހުންނެވީ ފާލިމެންޓުގައި ކަމަށެވެ.
Hon. Minister @em_saeed and delegation are safe. They are inside U.K. Parliament.
— Economy & Trade (@EconDevMv) March 22, 2017
މިނިސްޓަރ ސައީދު އިނގިރޭސި ވިލާތައް ކުރައްވާ މި ދަތުރުފުޅަކީ، އިނގިރޭސި ޕާލިމެންޓުގެ ބައެއް މެމްބަރުންނާ ބައްދަލު ކުރައްވަން ކުރައްވާ ދަތުރުފުޅެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
Economic Minister Saeed meets with cross-party MPs to discuss enhancing UK-Maldives trade relations. pic.twitter.com/SKf0HqFahX
— Maldives Embassy, UK (@maldivesembuk) March 22, 2017
މިހަމާލާއާ ބެހޭ ގޮތުން މިހާތަނަށް އިނގިރޭސި ވިލާތުގެ އެކިއެކި ޚަބަރު ފަތުރާ ވަސީލަތްތަކުން ޔަގީންކޮށްދީފައިވާ މައުލޫމާތު ތަކަށް ބަލާއިރު ވަޅި އަކުން ފުލުހަކަށް މީހަކު ހަމަލާ ދިނުމުން، ހަތިޔާރު އެޅި ފުލުހުން ވަނީ ހަމަލާދިން ކަމަށް ބެލޭ މީހާގެ ގަޔަށް ބަޑި ޖަހާފައެވެ. އަދި ވެސްޓް މިންސްޓަރ ބްރިޖްގައި ޒަޚަމްވެފައި ތިބި ބައެއްގެ ފޮޓޯތަކެއް ވަނީ އާއްމު ވެފައެވެ.
ޕާލިމެންޓް ބިލްޑިން އާ ދިމާލަށް ދުއްވާފައި އައި ކާރެއް އިމާރާތުގެ ބޭރު ފާރަށް އަރާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ވެސްޓްމިނިސްޓަރ އިމާރާތުގެ ތެރޭގައި މީހަކަށް ފަރުވާ ދެމެންދާ މަންޒަރު ވަނީ ނޫސްވެރިންނަށް ފެނިފައެވެ.
އަދި އިނގިރޭސި ފުލުހުންގެ މައި އިދާރާ ސްކޮޓްލެންޑް ޔާޑުން ވަނީ މިހިނގާދިޔަ ހާދިސާއަކީ ޓެރަރިސް ހާދިސާއެއްގެ ގޮތުގައި ދެކޭކަން ހާމަކޮށްފައެވެ. ހާދިސާ ހިނގިއިރު އިނގިރޭސި ބޮޑުވަޒީރު ޓެރެސާ މޭ ހައުސް އޮފް ކޮމަންސް އިމާރާތުގައި ހުންނެވިއެވެ. އެކަން ހިނގުމާއެކު، ފުލުހުން ވަނީ ކާރެއްގައި އެކަމަނާ ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައެވެ.
މިހާދިސާގައި އެކަކު މަރުވި ކަމަށް ބައެއް ރިޕޯޓްތަކުގައި ވެއެވެ.
ދިވެހި ސަރުކާރުން ވަނީ މި ހަމަލާ ކުށްވެރި ކޮށްފައެވެ.