ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 12:02
އިރާޤުގެ ތިގްރީސް ކޯރުކައިރީ ހުންނަ އެމެރިކާގެ އެމްބަސީ
އިރާޤުގެ ތިގްރީސް ކޯރުކައިރީ ހުންނަ އެމެރިކާގެ އެމްބަސީ
ސްކައި ނިއުސް
އެމެރިކާ އެމްބަސީ
އެމެރިކާގެ އެމްބަސީއަށް ޢާމާޒުކޮށް ރޮކެޓު ޙަމަލާތަކެއް ދީފި
ރޮކެޓު ޙަމަލާގައި އެއްވެސް މީހަކު މަރެއް ނުވޭ، އަދި ޒަޚަމެއްވެސް ނުވޭ
ރޮކެޓު ޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވޭ
އެމެރިކާއިން ތުހުމަތުކުރަނީ އީރާނުން ވާގިވެރިވެދޭ ހަތިޔާރު އެޅި ހަނގުރާމަވެރި ގްރޫޕުތަކައް

އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ޢަމާޒުކޮށް ރޮކެޓު ޙަމަލާތަކެއް ދީފިއެވެ.

ސަލާމަތީ ކަންކަން ވަރުގަދަ ކުރެވިފައިވާ "ގްރީން ޒޯން" ޞަރަޙައްދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ޢަމާޒުކޮށް ރޮކެޓް ދެ ޙަމަލާއެއް ދީފައިވާއިރު، އެމްބަސީއަށް މިއިން އެއްވެސް ޙަމަލާއެއް ސީދާ އެމްބަސީގެ ޢިމާރާތަކައް އަރާފައެއް ނުވެއެވެ. އަދި މިޙަމަލާގައި އެއްވެސް މީހަކު މަރުވެ ނުވަތަ ހާނިއްކައެއް ވެފައެއް ނުވެއެވެ.

ރޮކެޓު ދެޙަމަލާވެސް ޢަމާޒުން ނެއްޓި ޙަމަލާ އަރާފައިވަނީ އެމްބަސީއާއި ވަރަށް ކައިރި ޞަރަޙައްދަކަށް ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެއެވެ. ޙަމަލާ އެރުމާއެކު ސައިރަން އަޅާފައި، އިރާޤުގެ ސަލާމަތީ ބާރުތަކުން އެޞަރަޙަދުގައި ޙަރަކާތްތެރިވާން ފެށިއެވެ. އެއަށްފަހު އިތުރު ޙަމަލާއެއް ނުދިންނަމަވެސް "ގްރީން ޒޯން" މިހާރު ވަނީ ސަލާމަތާި ފިޔަވަޅު އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އިތުރު ސިފައިން ޑިއުޓީއަށް ނެރެ، ސްވޮޓް ސްކޮޑް ވަނީ އެލަރޓް އަޅުވާ ރުކުރުވާލާފައެވެ.

ތިފްރީތު ކޯރުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓު ޙަލަމާތަކެއް ދިނުމާއި ގުޅިގެން އެމެރިކާއިން ވަނީ ޙަމަލާ ކުށްވެރިކޮށް، އެކަން ތަޙުޤީޤު ކުރާނެކަމަށް ބުނެފައެވެ. އެމެރިކާއިން ތުހުމަތު ކުރަނީ އިރާނުން ވާގިވެރިވެދޭ ހަނގުރާމަވެރި ޖަމާޢަތަކުން ދިން ޙަމަލާތަކެއް ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު އެއްވެސް ހަނގުރާމަވެރި ގުރޫޕަކުން މިޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

- ކޮމެންޓް