Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 17:31
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
ޓްވިޓަރ
އިންފްލުއެންޒާ ވެކްސިން
ޑަބްލިޔުއެޗްއޯ އިން 10،000 އިންފްލުއެންޒާ ވެކްސިން ހަދިޔާކޮށްފި
ވެކްސިންދޭ ފަރާތްތައް ހެލްތު މިނިސްޓްރީ ވަނީ އިތުރުކޮށްފަ
ދަމަނަވެށި އަދި އޭޑީކޭ އިން ވެކްސިން ޖެހޭނެ
އޭޑީކޭ އިން ވެކްސިން ދެނީ ހަމައެކަނި މާބަނޑު މީހުންނަށް

މިހާރު ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ރޯގާއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 10،000 އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީއަށް މިވެކްސިންތައް ހަދިޔާކޮށްފައިވާ އިރު ވެކްސިން އެކި ސަރަހައްދުތަކަށް ގެންދިއުމަށްޓަކާއި ބޭނުންވާ ތަކެތި ވެސް ވަނީ ޑަބްލިޔުއެޗްއޯ އިން ހަދިޔާކޮށްފަ އެވެ. އެގޮތުން 4،000 ވައިރަސް ޓްރާންސްޕޯޓް މީޑިއަމް ވަނީ ސިއްހަތު ޖަމިއްޔާ އިން ހަދިޔާކޮށްފަ އެވެ.

ޑަބްލިޔުއެޗްއޯ އިން 10،000 ވެކްސިން ހަދިޔާކޮށްފައިވާ އިރު ހެލްތު މިނިސްޓްރީން ވަނީ ވެކްސިންދޭ ގްރޫޕްތައް ވެސް އިތުރުކޮށްފައެވެ.

އެގޮތުން މާބަނޑު މީހުންނަށާއި އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާހޯދަމުންދާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ފުރިހަމަކޮށްފައިވާ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާހޯދަމުންދާ އުމުރުން ތިން އަހަރުން މަތީގެ މީހުންނާއި ޑައިލަސިސް ހަދަމުންދާ ފަރާތްތަކާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ

ވެކްސިން ދަމަނަވެށިން އަދި އޭޑީކޭ އިން ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ އިރު އައިޖީއެމްއެޗުން ވެސް އަންނަނީ މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން ދެމުންނެވެ.

އިންފްލުއެންޒާ ވެކްސިން ޖަހާތާ ދެ ހަފްތާތެރޭގައި އޭނގެ ފުރިހަމަ ރައްކާތެރިކަން ލިބޭ އިރު މި ވެކްސިންގެ އުމުރަކީ އެއް އަަހަރެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް