Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 15:39
ލޯކަލް ކައުންސިލް އިންތިޚާބަށް ހޭލުންތެރިކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ޕޯސްޓަރެއް
ލޯކަލް ކައުންސިލް އިންތިޚާބަށް ހޭލުންތެރިކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ޕޯސްޓަރެއް
ޓްވިޓަރ
ކައުންސިލް އިންތިޚާބު
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި
ހަމަހަމަކަމާ އެކު، އެއްވެސް ކެންޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި ވަގުތު ދިނުން
މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ބުރޫއަރާފާނެ އަމަލެއް ނުކުރުން
އިންތިޚާބާ މެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނޭ ކަމެއް

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާ ގުޅުން ހުރި ޚަބަރާއި މައުލޫމާތު ގެނައުމުގައި އަސްލެއް ނެތް ނުވަތަ "އެންޓި ކެމްޕެއިން" ކަމަށް ބެލެވޭ އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން(އެމްބީސީ) އިން ގޮވާލައިފި އެވެ.

 

ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގައި އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނުގެ 30 ވަނަ މާއްދާގައި ބުނާ ފަދައިން، ހަމަހަމަކަމާ އެކު، އެއްވެސް ކެންޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި ވަގުތު ދިނުމަށާއި ބްރޯޑްކާސްޓްކުރާ އެއްވެސް ފަރާތަކުން މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ބުރޫއަރާފާނެ ފަދަ އެއްވެސް ބާވަތެއްގެ އަމަލެއް ނުކުރަމަށް ނަސޭހަތްތެރިވާ ކަމަށެވެ.

 

މީގެ އިތުރުން އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ހަނދާންކޮށްދޭ ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

 

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ސިޔާސީ ގޮތުން ވާދަވެރިކަން އުފެދިފައިވާ މި ދުވަސްވަރު އިންތިޚާބާ ބެހޭ ކަންތައްތަކުގައި ޞައްޙަ އަދި ތެދު މައުލޫމާތު ހަމަހަމަކަމާއެކު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަކީ އިންތިޚާބާ މެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނޭ ކަމެއް ކަމަށެވެ.

 

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގައި ހަމަހަމަކަމާ އެކު، އެއްވެސް ކެންޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި ވަގުތު ދިނުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަސޭހަތްތެރިވެފައިވާއިރު، ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ހަމައެކަނި ޕީޕީއެމްގެ ހަރަކާތްތައް ގެނެސްދޭ މައްސަލަ އެމްޑީޕީން ވަނީ ކޮމިޝަނަށް ހުށަހަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް