51 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގައި ޕޮލިސް ކްލަބް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީގައި ސިފައިން އަދި ޕޮލިސް ބައްދަލުކުރި މެޗު ސިފައިން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ.
ޒުވާނުންގެ މަރުކަރުގެ އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-15، 23-25، 29-27، 25-18 އަދި 15-12 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ސިފައިންގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގައި ޕޮލިހުން ވަނީ މި ސެޓު ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ. މި ސެޓުގައި ޕޮލިހުގައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ދެވަނަ ސެޓުގައި ސިފައިންގެ ޓީމުން ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން ސިފައިންގެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން މި ސެޓުގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ސިފައިންގެ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި ބިދޭސީ ކުޅުންތެރިޔާ މުބައްޝިރް ރިޒާގެ ފަރާތުން މި ސެޓުގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ތިންވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ޕޮލިހުން ގެންދިޔައިރު ޖެހިގެންއައި ދެ ސެޓު ސިފައިން ވަނީ ކާމިޔާބުކޮށްފައެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ ސިފައިންގެ ޓީމުގެ މުބައްޝިރް ރިޒާއެވެ.
މި ބައްޔާއެކު ޕޮލިހުން ދެވަނަ ސެމީގައި ކުޅެންޖެހޭނީ ގުޑީސް އާއެވެ.