Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 07:56
ޑިފެންސް މިނިސްޓަރ ވާހަކަ ދައްކަވަނީ
ޑިފެންސް މިނިސްޓަރ ވާހަކަ ދައްކަވަނީ
ވީނިއުސް
ސިފައިންނަށް ވޯޓްނުލެވުން
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
ސިފައިންނަށް ވޯޓް ނުލެވޭގޮތަށް ޤާނޫނު އިސްލާޙް ކުރައްވަން ނިންމެވުމުން ސިފައިންގެ ލީޑަރޝީޕާއި، ސިފައިން އެކަމަށް މަރުޙަބާ ކިޔާފައި

ސިޔާސީ ނުފޫޒުން އެއްކިބާކޮށް އަސްކަރިއްޔާ ހަރުދަނާ ކުރުމަށްޓަކައި އިންތިހާބުތަކުގައި ވޯޓް ނުލެވޭ ގޮތަށް ސިފައިންގެ ޤާނޫނު އިސްލާޙް ކުރުމަށް ސިފައިން ތާއީދު ކުރާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސިފައިންގެ އެންމެ މަތީވެރިޔާގެ ވާދައިގެ ތައްޓަށް ބާއްވާ 12 ވަނަ ހެވިކަމުގެ މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ސިފައިން ސިޔާސީ ނުފޫޒުން އެއްކިބާކޮށް ސިފައިންގެ ތެރޭގައި ޕްރޮފެޝަނަލްކަން ދެމެހެއްޓުމަށް ސިފައިންނަށް ވޯޓް ނުލެވޭގޮތަށް ޤާނޫނު އިސްލާޙް ކުރައްވަން ނިންމެވުމުން ސިފައިންގެ ލީޑަރޝިޕާއި، ސިފައިން އެކަމަށް މަރުޙަބާ ކިޔާފައިވާކަމަށެވެ. މިއީ އަސްކަރިއްޔާގެ ޤައުމީ ރޫޙާއި، ބަދަހިކަން ހާމަވެގެންދިޔަ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިފައިންގެ ޤާނޫނު އިސްލާޙް ކުރުމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ އިތުރުން، އިދިކޮޅު ޕާޓީތަކުގެ މެންބަރުން ތާޢީދުކުރައްވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. ޤާނޫނު އިސްލާޙް ކުރުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ފުރިހަމަ ކުރައްވަންޖެހޭ އިޖްރާޢަތްތައް ފުރިހަމަކުރެއްވުމަށްފަހުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ ހެވިކަމުގެ ޙަރަކާތްތަކުން ދޭހަކޮށްދެނީ ސިފައިން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާއި، ސިފައިންގެ ތެރޭގައި އެއްބައިވަންތަކަމުގެ ރޫޙް އާލާކުރުމުގެ މުހިންމުކަން ކަމަށެވެ. އަދި ދިވެހި ސިފައިން ތިއްބެވީ ޤައުމީ ރޫޙްގައި، ބަދަހިކަމާއި އެއްބައިވަންތަކަމާއެކުގައިކަމުގެ ޔަޤީންކަންވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް