Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 06:44
ފަލާހު ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ފަލާހު ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
މެންބަރުންނަށް ދޭ އިންޒާރަކުން ފަހަތަކަށް ނުޖެހޭނެ.
ހަރުގެ ރޯކޮށްލާނެ ކަމަށްވެސް ބުނަމުންދޭ

ރާއްޖޭގެ ބިންތަކާއި ފަޅުތައް ވިއްކުމަށް ފަހު ސަރުކާރު ހިންގަން ތިބި މީހުން ފިލައިގެންދާން ނޭދޭ ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކިތަންމެ މެންބަރުންނެއް އެބަތިއްބެވި ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެސްއީޒެޑްގެ ޤާނޫނާއި ބިން ވިއްކުމުގެ ޤާނޫނުތައްފަދަ ޤާނޫނުތަކާއި ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގައި ކުރެވިގެން ދިޔައިރު ރައްޔިތުންގެ ފިކުރާއއި ރައްޔިތުންގެ ވިންދު ދަނެގެން މަސައްކަތް ކުރަމުންދިޔަ މެންބަރުން ތިއްބެވި ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެފަދަ މެންބަރުންގެ ތެރޭގައި ޕީޕީއެމް މެންބަރުންވެސް އެބަތިއްބެވި ކަމަށާއި އެފަދަ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ބިންވިއްކުމުގެ ބަދަލު ޤާނޫން އަސާސީއަށް ގެނައީ އޮޅުވާލައިގެންކަމަށް ކަމަށް ފަލާހު ވިދާޅުވި އެވެ. 

"ރައްޔިތުންގެ ވިންދެއް ނެތް ރާއްޖޭގެ އަތޮޅެއް ވިއްކާލާކަށް. ސަރުކާރަށް ނިސްބަތްވާ މެންބަރުން އެވިދާޅުވަނީ އެކަން ކުރީ އޮޅުވާލައިގެންނޭ. އެފަދަ ބައިވަރު މެންބަރުން އެބަތިބި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަޅުތަކާއި ހާތަކާއި ގިރިތައް ވިއްކާލައިގެން ވެރިކަން ކުރަން ތިބި ބަޔަކު ފިލަން ނޭދޭ ކިތައްމެ މެންބަރުންނެއް އެބަތިބި،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މެމްބަރުން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުން ކަމަށާއި މެންބަރުން ތިބީ ފިއްތުންތަކާ އެކުކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ގިނަ މެމްބަރުން އެބަތިއްބެވި ކަމަށް ފާހަގަކުރައްވާ ފަލާހް ވިދާޅުވީ އެފަދަ މެންބަރުންނަށް އަބަދުވެސް އިންޒާރު ދެމުންދާ ކަމަށެވެ. ނަމަވެސް އެ މެންބަރުން ތިއްބެވީ އެ އިންޒާރުތަކަށް ބިރުން ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ މެންބަރުންނަށް ތްރެޓްކޮށްފައި އެބަހުރި. ދަރިފުޅު ސުކޫލަށް ދާނެ ވާހަކަ އާއި ކަންކަން ކޮށްލާނެ ވާހަކަ. މި ވޯޓަށް މަސައްކަތް ކުރަންފެށިފަހުން އެބަހުރި ހަރުގެ ރޯކޮށްލާނެ ވާހަކައާ މެންބަރުންނަށް ގޯނާ ކުރާނެ ވާހަކައާ މިއީ ކެނޑިނޭޅި ލިބެމުންދާ އިންޒާރު. އެކަމަކު އަޅުގަނޑުމެން މިތިބީ ފަހަށް ޖެހޭ ގޮތަކަށް ނޫން. ބިރުދައްކައިގެން ފަހަށް ނުޖެހޭނެކަން މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި އެނގިފައި އޮންނާނީ" ފަލާހް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ޕީޕީއެމް ތެރޭގައި ވަރަށް ބޮޑު ޕްރެޝަރެއް އެބައޮތް ކަމަށާއި އެގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ހުރިހާ މެމްބަރުން ހޯމަ ދުވަހުގެރޭގެ ބައްދަލުވުމަށް ހާޒިރު ނުކުރެވުމަކީ ޕްރެޝަރު އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް