ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 19:08
ކަވާނީ
ކަވާނީ
ގެޓީ އިމޭޖަސް
ޓްރާންސްފަރ މާކެޓް
އާސެނަލް އަދި ޔުނައިޓެޑުން ކަވާނީއަށް ޝައުގުވެރިކަން ފާޅުކުރަނީ
ކަވާނީ އަށް ޔުނައިޓެޑް އަދި އާސެނަލުން ޝައުގުވެރިކަންފާޅުކުރިއިރު އޭނާ އެތްލެޓިކޯއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފަ

އިނގިރޭސިވިލާތުގެ ދެ ކްލަބުކަމަށްވާ އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑުން، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަންއަށް ކުޅެމުން އަންނަ އެޑިސަން ކަވާނީއަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ކަވާނީ އަށް ޔުނައިޓެޑް އަދި އާސެނަލުން ޝައުގުވެރިކަން ފާޅުކުރިއިރު އޭނާ އެތްލެޓިކޯއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުންނަމަ، ކަވާނީ ވަނީ އެތުލެޓިކޯއާއި އެކު ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވަމުންނެވެ. ބެލެވޭ ގޮތުގައި ކަވާނީ އެތްލެޓިކޯއަށް ބަދަލުވާނީ މި ފެށޭ ޖަނަވަރީ މަހުގެ ޓްރާންސްފަރ މާރކެޓްގެ ތެރޭގައެވެ.

މިވަގުތު އަނިޔާގައި ހުރި ކަވާނީ އަށް ކުޅެވޭނެ ދުވަހެއް އަދި ނޭނގޭ އިރު ބެލެވޭ ގޮތުގައި ކަވާނީ އަށް އެނބުރި ކުޅުމަށް އާދެވޭނީ 2020 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ޕީއެސްޖީއަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކަވާނީ އަށް މި ސީޒަނުގައި ކުޅެވުނީ އެންމެ މެޗެކެވެ. އަނިޔާގެ ގިނަ މައްސަލަތަކާއި ފަހަކަށް އައިސް ކުރިމަތިލާން ޖެހިފައިވާ ކަވާނީ 2024 ވަނަ އަހަރު ރިޓަޔަރ ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަނިޔާއާއި މެދު ވާހަކަދައްކަމުން ކަވާނީ ބުނީ އަނިޔާއަށް ފަހު ކުޅުމާއި ބައިވެރިވާއިރު ކުޅެން ނިކުންނާނީ ވަރުގަދަކޮށް ކަމަށެވެ.

ކަވާނީ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅުނު 289 މެޗުން 196 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި އުރުގުއޭއީ އަށް ކުޅެދިން 116 މެޗުގައި އޭނާ ވަނީ އެޓީމަށް 50 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް