Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 04:07
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މެޑަމް ފާތުން ގެންނެވި ބައެއް އިންފްލުއެންޒާ ވެކްސިން ޑޯޒްތަކައި އެކު
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މެޑަމް ފާތުން ގެންނެވި ބައެއް އިންފްލުއެންޒާ ވެކްސިން ޑޯޒްތަކައި އެކު
ޓްވިޓަރ
އަޙުމަދު މަޚްލޫފް
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
މަޚްލޫފަށް ބޭނުންވަނީ، ބާރުގަދަ، އަގުބޮޑު އިންޖެކްޝަނެއް
މި އިންޖެކްޝަން ރާއްޖެއަކުން ނުލިބޭ
މެޑަމް ފާތުން ވަނީ އިންފްލުއެންޒާ ވެކްސިންވެސް ގެންނަވާފަ

ދެ މައްސަލައެއްގައި އިއްވާފައިވާ ދެ ޖަލުޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފަށް ބޭނުންވާ މުހިއްމު އިންޖެކްޝަނެއް ލިބިދާނެކަމުގެ ސުވާލު އުފެދިފައިވާތީ، އެ އިންޖެކްޝަން ގެނެސްދިނުމަށް މަޚްލޫފްގެ އައިލާއިން، އުއްތަމަ ކަމަނާ، ފާތިމަތު އިބްރާހިމް އަރިހުން އެދިއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން، މަޚްލޫފްގެ އަނބިކަނބަލުން، ނަޒްރާ ނަސީމް ވިދާޅުވީ، މަޚްލޫފްގެ ފަރުވާއަށް ބޭނުންވާ ބާރުގަދަ އިންޖެކްޝަނެއް ޖެހޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އެގޮތުން ވަކި މުއްދަތްތަކަކުން ޖަހަން ޖެހޭ އެ އިންޖެކްޝަންގެ ދެން ޖަހަން ޖެހޭ ޑޯޒް އާއިލާއިން އަމިއްލައަށް ހޯދުމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އާންމު ފަރުދުންނަށް އިންޖެކްޝަން އެތެރެ ނުކުރެވެތީ އާއި، އެތެރެ ކުރި ނަމަވެސް، ހޮސްޕިޓަލްތަކުން އެފަދަ ވެކްސިން ޖަހައި ނުދޭތީ، އެ އިންޖެކްޝަން ރާއްޖެއަށް ގެނެސްދިނުމަށް ނަޒްރާ ވަނީ އުއްތަމަ ކަމަނާ ފާތުމަތު އިބްރާހިމްގެ އަރިހުން އެދިފައެވެ.

މިހާރު ހޮސްޕިޓަލްތަކުން އަންގާފަ އޮތީ އާންމުން ބޭރުން ގެނެސްދޭ އިންޖެކްޝަންތައް ޖަހާ ނުދޭނެކަން ހޮސްޕިޓަލްތަކުން. ދެން ވެކްސިނާ އިންޖެކްޝަނާ، މެޑަމް ފާތުން ގެނެސްދެއްވާ، އެހެންވީމަ އަޅުގަނޑު ވަރަށް އަދަބުވެރިކަމާއި އެކު އެދެން މެޑަމް ފާތުން އަރިހުން، އެކަމަނާއަށް އެކަން ވަންޏާ އެ އިންޖެކްޝަން ގެނެސްދެއްވުމަށް

ނަޒްރާ މިހެން ވިދާޅުވެފައިވާއިރު، މިހާރު ފެތުރެމުންދާ އެޗް1އެން1 ރޯގާ އާއި ގުޅިގެން އުއްތަމަ ކަމަނާ، ފާތުމަތު އިބްރާހިމް ވަނީ އެ ރޯގާއަށް ޚާއްސަ ވެކްސިންގެ ޑޯޒްތަކެއްވެސް ރާއްޖެއަށް ގެންނަވާ، ބައެއް ފަރާތްތަކަށް ހަދިޔާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް