ސްރީ ލަންކާގައި ހުންނަވާ ކެނެޑާގެ ސަފީރާ, ރައީސް މުހައްމަދު ނަޝީދު އަންގާރަ ދުވަހު ބައްދަލު ކުރައްވައިފި އެވެ.
ސްރީލަންކާގައި ހުންނަވާ ކެނެޑާގެ ސަފީރު ޝެލީ ވައިޓިން އާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އެ ބައްދަލުވުމަށް ފަހު، ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށާއި ހެޔޮވެރިކަން ގާއިމުކުރުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
Pleasure to meet w/ @MohamedNasheed - Discussed importance of local governance for strong & healthy democracies & good governance #maldives pic.twitter.com/GwEHO1y69v
— Shelley Whiting (@shelley_whiting) March 21, 2017
ރައީސް މުހައްމަދު ނަޝީދު މިހަފުތާގައި ލަންކާއަށް ވަޑައިގަތީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެންނެނެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގެ މައްސަލަ މި މަހުގެ 27 އަށް ތާވަލުކުރައްވާފައިވާއިރު، އެ ދުވަހާ ހަމައަށް އެ މަނިކުފާނު ލަންކާގައި މަޑުކުރައްވާނެ ކަމަށް އެމްޑީޕީގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވި އެވެ.
ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި ލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ވެސް ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.