Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 02:37
ގއ. އަތޮޅު ތައުލީމީ މަރުކަޒު
ގއ. އަތޮޅު ތައުލީމީ މަރުކަޒު
ގޫގުލް
ހަ ޓީޗަރުން ވަކިކުރުން
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
އެ ހަ ޓީޗަރުންނަށް ވަޒީފާ އަނބުރާ އިއާދަކުރުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އެބަޔާނުގައި ވަނީ ގޮވާލާފަ

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލައާ ގުޅިގެން އެމްޑީޕީ ގއ. ވިލިނގިލީ ދާއިރާއިން އެކަން ކުށްވެރިކޮށްފި އެވެ.

 

އެމްޑީޕީ ވިލިނގިލީ ދާއިރާގެ އޮފީހުން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރިކުރުމަކީ ސިޔާސީ ގޮތުން ކުރި ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށެވެ.

 

މީގެއިތުރުން އެބަޔާނުގައި ވަނީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހައްގެއް ފާޅުކަން ބޮޑުގޮތެއްގައި ފޭރިގަތުމަށްޓަކައި ބަޔަކު ކުރި މަސައްކަތް ކާމިޔާބު ނުވާނެކަން ޔަގީން ވުމުން، އެ ރައްޔިތުންނަށް ބިރު ދައްކާ ވަޒީފާއިން ވަކިކުރުމަކީ އެމްޑީޕީ ވިލިނގިލި ދާއިރާއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

 

ސިޔާސީ ގޮތުން ތާއީދު ހޯދުމަށްޓަކައި ހަމައިން ނެއްޓިފައިވާ މިފަދަ ގައިރު ގާނޫނީ ފިޔަވަޅުތައް އަޅަމުން ނުގެންދިއުމަށާއި، ވަޒީފާއާއިބުހޭ ގާނޫނާއި ހިލާފަށް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ވަޒީފާ އަނބުރާ އިއާދަ ކުރުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާ ކަމަށްވެސް އެމްޑީޕީ ވިލިނގިލީ ދާއިރާއިން ނެރެފައިވާ ބަޔާނުގައި ވެއެވެ.

 

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ވަކިކުރި ހަ ޓީޗަރުންގެ ތެރެއިން، ނަން ހާމަ ނުކުރުމަށް އެދި ޓީޗަރަކު "ރާއްޖެއެމްވީ" ކިޔައިދީފައިވަނީ އެ ހަ ޓީޗަރުންނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ލިޔުން ލިބިފައިވަނީ ހޯމަ ދުވަހު ކަމަށާއި އެލިޔުމުގައި ވަނީ އެ ޓީޗަރުން އެއްބަސްވެފައިވާ އެއްބަސްވުން އުވާލުމަށްފަހު އެ ޓީޗަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

 

އޭނާ ވިދާޅުވީ އެ ހަޓީޗަރުން ވަކި ކުރުމަށްފަހު ޓީޗަރުން ހޯދުމަށް އިއުލާންވެސް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަލުން ވަޒީފާއަށް ނުކުތުމަށް ސްކޫލުން އެންގި ކަމަށެވެ. ވަޒީފާއަށް ނިކުތުމަށް އެންގީ ބެލެނެވެރިންގެ ނުރުހުން އައުމުގެ އިތުރުން ދަރިވަރުންނަށް ކިޔަވާދިނުމަށް ބުރުލެއް އަރާފާނެތީ، އަލަށް ސްކޫލާ ގުޅޭ ޓީޗަރުން ސްކޫލާ ގުޅެންދެން ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް