އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން ކަމަށް ހައްޔަރުކޮށްފައިވާ، ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް ބުނެފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް ބެންބަރު އީވާ އަބުދުﷲ މެދުވެރިކުރައްވާ، ތައްޔިބު އޭނާގެ އަތުން ލިޔެ ފޮނުވާފައިވާ މެސެޖްގައި ބުނެފައިވަނީ، ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލުމަކީ ފަރުދީ ޒިންމާއެއްކަމަށެވެ.
" އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަދައްކައިގެން" ތައްޔިބު ބުނެފައިވެއެވެ.
ތައްޔިބުގެ މެސެޖްގައި ބުނެފައިވަނީ، އޭނާގެ ހިތްވަަރަށް ބަދަލެއް ނާންނާނޭކަމަށެެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12.20 ހާއިރު ތައްޔިބު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމަށްފަހު ފުލުހުން ބުނެފައިވަނީ، ތޮއްޔިބު ހައްޔަރުކޮށްފައިވަނީ، މިހާރު ފެތުރެމުންދާ އެޗް1އެން1 އާއި ގުޅޭގޮތުން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން ފެތުރޭގޮތަށް ސޯޝަލް މީޑިއާގައި ތައްޔިބު މައުލޫމާތު ފަތުރާތީ ކަމަށެވެ.
ތައްޔިބަކީ ސަރުކާރުގެ ކޮރަޕްޝަން އެކުލެވޭ ޑީލްތައް ފަޅާ އަރުވާލުމުގައި ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ވިސްލްބްލޯވާއެކެވެ.
ތައްޔިބު ޖަލުން ފޮނުވި މެސެޖް ނިންމާލާފައިވަނީ ހުރިހާ ބޭފުޅުންނަށް ވެދުން ދަންނަވާކަމަށް ބުނެއެވެ.
Note from Thayyib,from jail.
Jailed for speaking out against corruption & injustice,reminds us it's our civic responsibility to speak out