Advertisement
ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 19:40
ޅ.ނައިފަރު / ފަތަނގުމާގެ، އަޙްމަދު ސާޢީދު ސަޢީދު (ކ) ކ.މާލެ / މއ.ގްރޭވޫލްއާގެ، ޙުސައިން ޝާމް (ވ)
ޅ.ނައިފަރު / ފަތަނގުމާގެ، އަޙްމަދު ސާޢީދު ސަޢީދު (ކ) ކ.މާލެ / މއ.ގްރޭވޫލްއާގެ، ޙުސައިން ޝާމް (ވ)
ޕޮލިސް
ވައްކަމާއި ފޭރުން
ވައްކަމުގެ މައްސަލައަކާއި ފޭރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
އެ ދެ މީހުން ހޯދަމުންދަނީ ތަފާތު ދެ މައްސަލައަކާ ގުޅިގެން

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ފޭރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

 

ފުލުހުން ހޯދަމުންދާ ދެ މީހުންނަކީ ޅ. ހިންނަވަރު، ފަތަނގުމާގެ، އަހުމަދު ސާއީދު ސައީދު (25އ) އާއި ކ. މާލެ، މއ. ގްރޭވޫލްއާގެ، ހުސައިން ޝާމް (34އ) ކަމަށެވެ.

 

ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ސާއީދު ސައީދު ކަމަށާއި ފޭރުމުގެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ޝާމް ކަމަށެވެ.

 

ފުލުހުން ބުނީ އެ ދެ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް