ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 19:46
ސައުތްހެމްޕްޓަން އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ސައުތްހެމްޕްޓަން އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އީޕީއެލް
ސައުތުހެމްޕްޓަން އަތުން ބަލިވެ، ޓޮޓެންހަމްއަށް ހުރަސްތަކެއް!
މި މެޗު ސައުތްހެމްޕްޓަންއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތުހެމްޕްޓަން އަތުން ބަލިވެ ޓޮޓެންހަމްއަށް ލީގު ތާވަލުގެ ފަސްވަނައަށް އަރަން ލިބުނު ފުރުޞަތު ނަގައިލައިފިއެވެ.

ސައުތުހެމްޕްޓަން ދަނޑުގައި ކުޅުނު މި މެޗު ސައުތުހެމްޕްޓަންއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް އަވަސް ގޭމެއް ކުޅެފައިވެއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ސައުތުހެމްޕްޓަންއިން ލަނޑު ޖަހާ ލީޑު ވަނީ ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީއެވެ. މި ލަނޑާއެކު ޓޯޓެންހަމްއިން ކުރިޔަށް ޖެހި ސައުތުހެމްޕްޓަން ގޯލަށް ނުރައްކާކުރިއިރު ޓޮޓެންހަމްއިން ދިޔައި ފުލުފުލުގައި ސައުތުހެމްޕްޓަންގެ ގޯލަށް ޙަމަލާ އުފައްދަމުންނެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ހެރީ ކޭންއަށް ވަނީ ލަނޑުޖަހަން ރަނުގެ ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ސައުތުހެމްޕްޓަންގެ ކީޕަރު ހުޝިޔާރު ކަމާއެކު ދިފާޢު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު މި ހާފުގައި ސައުތުހެމްޕްޓަންއަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ސައުތްހެމްޕްޓަންގެ ރަޔަން އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މި ނަތީޖާ އާއި އެކު ކުޅުނު 21 މެޗުން ސައުތްހެމްޕްޓަންއަށް ވަނީ 25 ޕޮއިންޓް ލިބިފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލަށް 19 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް 21 މެޗުން 45 ޕޮއިންޓް ލިބިފައިވެއެވެ. މި މެޗުން ބަލިވި ޓޮޓެންހަމްއަށް 21 މެޗުން 30 ޕޮއިންޓް ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް