Advertisement
ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 16:48
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ކާޑެއްދޫ އެއަރޕޯޓަށް ފޭބިތަނުން

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

 

ފުލުހުންގެ މީޑިއާއިން ބުނީ، މާލެއިން ގދ. ކާޑެއްދޫއަށް ދިޔަ ފްލައިޓަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމީހާ ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ ކަމަށެވެ.

 

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާގެ ހަށިގަނޑުބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 98 ޕެކެޓް ފެނިފައިވާ ކަމަށެވެ.

 

އޭނާ ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ކާޑެއްދޫ އެއާރޕޯޓަށް ފޭބިތަނުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް