ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 12:11
\"ފައުސްތާ\" ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ދުވަސްވީ ރައިނޯ
"ފައުސްތާ" ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ދުވަސްވީ ރައިނޯ
ރޮއިޓަރސް
ފައުސްތާ
ދުނިޔޭގެ އެންމެ ދުވަސްވީ ރައިނޯ އުމުރުން 57 އަހަރުގައި މަރުވެއްޖެ
ރައިނޯއަކީ މަންމަލި ޖަނަވާރެއް
އާންމުކޮށް ރައިނޯއެއްގެ އުމުރަކީ 40 އަހަރު
ފައުސްތާ މަރުވެފައިވަނީ ޤުދުރަތީ މަރަކުން

ދުނިޔޭގެ އެންމެ ދުވަސްވީ "ރައިނޯ" އުމުރުން 57 އަހަރުގައި މަރުވެއްޖެއެވެ.

"ފައުސްތާ" ގެ ނަމުން ނަން ދީފައިވާ މި ރައިނޯއަކީ މިހާތަނަށް އެންމެ ގިނަ ދުވަހު ދުނިޔޭގައި އުޅެފައިވާ ރައިނޯކަމަށް ރެކޯޑުތަކުން ދައްކައެވެ. އެގޮތުން އާންމުކޮށް ރައިނޯއެއްގެ އުމުރަކީ 40 އަހަރެވެ.

ފައުސްތާ މަރުވެފައިވަނީ ޤުދުރަތީ ސަބަބަކާއިހެދި ކަމަށާއި، މިއީ އަންހެން ރައިނޯއެއްކަމަށް ރިޕޯރޓްތައް ބުނެއެވެ. އެގޮތުން މަރުވިއިރު ފައުސްތާ ދިރިއުޅެމުން ގެންދިޔައީ ޓެންޒޭނިއާގެ ކޮންޒަވޭޝަން އޭރިއާއެއްގައެވެ.

1965 ވަނަ އަހަރު ސައިންޓިސްޓަކަށް ފެނިގެން ފައުސްތާ އެންމެ ފުރަތަމަ ގެނައީ އޭތީގެ އުމުރުން 4 އަހަރުގައެވެ. އެއަށްފަހު 2016 ވަނަ އަހަރު "ހައިނާ" ތަކެއްގެ ސަބަބުން ލިބުނު އަނިޔާއާއި ގުޅިގެން އޭތީގެ ހާލަތު ވަރަށް ގޯސްވިކަމަށް ރިޕޯރޓްތައް ބުނެއެވެ.

މަންމަލި ޖަނަވާރެއްކަމަށްވާ ބްލެކް ރައިނޯގެ އަދަދު ދުވަހެއް ދުވަަހަކަށް މަދުވަމުންދާއިރު، މިހާރު ދުނިޔޭގައި ތިބީ 5500 ބްލެކް ރައިނޯކަމަށް ރިޕޯރޓްތައް ބުނެއެވެ. އެގޮތުން ރައިނޯ އާންމުކޮށް ދިރިއުޅެނީ އެފްރިކާއާއި ދެކުނު އޭޝިއާ ޤައުމުތަކުގައެވެ.

- ކޮމެންޓް