Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 23:16
ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި
ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި
ފޭސްބުކް
ޕީޕީއެމް
ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް
ޒައިދު ހައްޔަރު ކޮށްފައި ވަނީ ބްލެކްމެއިލްކުރި ކަމުގެ ތުހްމަތުގައި

ބްލެކްމެއިލް ކުރިކަމަށް ބުނާ މައްސަލައިގައި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް އަނެއްކާވެސް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ޒައިދުގެ ބަންދުގެ މުއްދަތުގެ އެންމެ ފަހުން އިތުރު ކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު ޒައިދުގެ ބަންދަށް 13 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވެއެވެ. އޭނާ ހައްޔަރުކޮށް ބަންދަށް ތިން ފަހަރު މުއްދަތު ޖެހުމަށްފަހު ގޭބަންދަށް ބަދަލުކޮށް, އަނެއްކާވެސް ޒައިދު ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބްލެކްމެއިލްކުރީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް