Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 21:55
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މައުމުން ޢަބްދުލްޤައްޔޫމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މައުމުން ޢަބްދުލްޤައްޔޫމް
ރާއްޖެއެމްވީ
ޤަސިމް - މައުމޫން
ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން
ދައްކާ ބިރަށް ބެލުމެއް ނެތި ޤާސިމް ވަޑައިގަންނަވަނީ ކުރިއަށް
ސަރުކާރުން ދަނީ ޤާސިމްގެ ވިޔަފާރިއަށް ބޮޑެތި ގެއްލުން ދެމުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ، އެކި ފަރާތްތަކުން ދައްކާ ބިރާއި، ކުރިމަތި ކުރުވާ ފިއްތުންތަކަށް ބެލުމެއް ނެތި ޤައުމައްޓަކައި ސާބިތުކަމާ އެކު ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ، ރައީސް މައުމޫން ފެކްޝަނުން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ތަޢާރަފު ކުރުމަށް އަދީއްތަ ދުވަހުގެރޭ ބޭއްވި ޙަފްލާގައި، ޤާސިމް އިބްރާޙިމް ދެއްކެވި ވާހަކަފުޅުތަކަށް މަރުހަބާ ކިޔައި، އެ ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޖަލްސާގައި ޤާސިމް ދެއްކެވި ވާހަކަފުޅުން އެމަނިކުފާނު ޤައުމުގެ އިސްލާޙީ މަސައްކަތުގައި ސާބިތުކަމާ އެކު އަދިވެސް ހުންނެވިކަން ދައްކަވައިދެއްވި ކަމަށެވެ. އަދި ހަމަ އެއާ އެކު، އެމަނިކުފާނަކީ އެކި ފަރާތްތަކުން ދައްކާ ބިރާއި، ކުރިމަތި ކުރުވާ ފިއްތުންތަކަށް ބެލުމެއް ނެތި ޤައުމައްޓަކައި ސާބިތުކަމާ އެކު ކުރިޔަށް ވަޑައިގަންނަވާނެ ބޭފުޅެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ޤާސިމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާ އާއި ތަޢުލީމީ ދާއިރާ އާއި އުމުރާނީ ތަރައްޤީގެ ދާއިރާއިން އަގުނުކުރެވޭނެ ގިނަގުނަ ޚިދުމަތްތަކެއް ދިވެހި ޤައުމަށް އަބަދުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށް، މައުމޫން ފެކްޝަނުން ބުނެފައި ވަނީ ޤާސިމަކީ އަބަދުވެސް ޤައުމާއި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރައްވަމުން ގެންދަވާ ނުހަނު އިޚުލާސްތެރި ޤައުމީ ބަޠަލެއް ކަމަށެވެ.

ޤާސިމަކީ މިހާރު އޮތް ސަރުކާރު ގެނައުމަށްޓަކައި އަގުނުކުރެވޭ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައި ވީނަމަވެސް، އަދުގެ ސަރުކާރުން އެމަނިކުފާނުގެ ވިޔަފާރިއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރަމުންދާ ކަމަށާއި، އެކަމާ ހިތާމަކުރާ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ޤާސިމްގެ "ހިތްވަރާއި ސާބިތުކަމާއި، ކެރުމަށާއި، ޤައުމުގެ އިސްލާހައްޓަކައި ކެނޑިނޭޅި ކުރައްވާ ޤައުމީ މަސައްކަތްޕުޅަށްޓަކައި"، ސާބަސް ކިޔައި، މައުމުން ފެކްޝަނުން ބުނެފައި ވަނީ، ޤައުމު ހަމަ މަގަށް އެޅުވުމަށްޓަކައި އެންމެން އެއްކޮށް، އެއްމިސްރާބަކަށް ކުރަމުންދާ މަސައްކަތް ކާމިޔާބުކުރެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް