ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 19:39
ލިވަރޕޫލް ކުޅުންތެރިން ކްލަބް ވޯލްޑްކަޕް ތަށްޓާއިއެކު
ލިވަރޕޫލް ކުޅުންތެރިން ކްލަބް ވޯލްޑްކަޕް ތަށްޓާއިއެކު
ގޯލް.ކޮމް
ލިވަރޕޫލް
ކްލަބް ވޯލްޑްކަޕް ބެޖު ޖަހަން ލިވަރޕޫލުން ހުއްދައަށް އެދެފި
ކްލަބް ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލް
ލިވަރޕޫލަކީ މި މުބާރާތް ކާމިޔާބުކުރި އިނގިރޭސި ދެވަނަ ކްލަބް

ފީފާ ކްލަބް ވޯލްޑްކަޕް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށް އެ މުބާރާތުގެ ޗެމްޕިއަން ބެޖު ޖަހަން ލިވަރޕޫލުން އިނގިރޭސި އެފްއޭގައި ހުއްދައަށް އެދެފިއެވެ.

ލިވަރޕޫލަކީ މި މުބާރާތް ކާމިޔާބުކުރި ދެވަނަ އިނގިރޭސި ކްލަބްއެވެ. މި މުބާރާތް މީގެ ކުރިން ކާމިޔާބުކޮށްފައިވާ އިނގިރޭސި ކްލަބަކީ 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ކްލަބް ވޯލްޑްކަޕްގެ ބެޖު ޖަހައިގެން ދެން އަންނަ އަހަރު އެ މުބާރާތް އެހެން ކްލަބަކުން ކާމިޔާބު ކުރަންދެން ކުޅެވޭނެއެވެ. އެގޮތުން މިބެޖް ޖަހައިގެން މީގެ ކުރިން ކުޅުނު ޓީމްތަކަކީ ސްޕެއިންގެ ރެއާލް މެޑްރިޑް، ބާސެލޯނާ، ޖަރުމަނުގެ ބަޔާން މިޔުނިކް، އިޓަލީގެ އިންޓަމިލާނާއި އޭސީ މިލާނުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލިވަރޕޫލުން ވަނީ މި ބެޖް ޖަހައިގެން ކުޅުމަށް އިނގިރޭސި އެފްއޭގައި ހުއްދައަށް އެދިފައެވެ. ނަމަވެސް އިނގިރޭސި އެފްއޭގެ ގަވައިދު އޮންނަ ގޮތުން ޖާޒީގައި ބެޖު ޖަހަން ހުއްދަ އޮންނަނީ ހަމައެކަނި ޗެރެޓީ މެޗުތަކުގައެވެ.

ލިވަރޕޫލުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބްރެޒިލްގެ ފްލެމިންގޯ 1-0 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.

ކްލަބް ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑެވެ. އެގޮތުން ރެއާލުން ވަނީ މި މުބާރާތުގެ ބެޖު 1097 ދުވަސް ވަންދެން ބޭނުން ކޮށްފައިވެއެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ

- ކޮމެންޓް